ޅެން

ކުރިންނުވި ރައްކަލެއް ….!

ކުރިންނުވި ރައްކަލެއް ފަހަކުން ވެވޭކަށް ނޯވެޔޭ އެގޮތުން

         ކުރިންވިސްނާ އެޅުންފިޔަވަޅު މޮޅޭބުނެވޭ ކަމުގެޒާތުން

ކޮވިޑް ބައްޔަށް ސަމާލުވުމަށް އެދެއްވާ ގިނަ ނަޞޭޙަތްތައް

       ކޮވިޑް ނައްތާލުމަށް އަހަމުން ޢަމަލުކުރުމަށް ޖެހޭއެގޮތުން

މިކަމުގައި ވިސްނުމަށް ގެންނަން ޖެހޭނީ ތަނުގެ ޙާލަތަށޭ

       ނިކަންފަރުވާ ބަހައްޓައިގެން އުޅެންޖެހެޔޭ ކޮވިޑްގެގޮތުން

އިލާހީ ރަޙުމަތަށް އެދެމުން ކޮވިޑް ރޯގާ ފަނާވެދިޔުން

       ސަލާމަތްއެދި ދެއަތްއުފުލައި ދުޢާކުރަމުން ދުލާއިހިތުން

ކޮވިޑްވެކުސިން ޖަހާނިންމަން އުޅޭށޭވީ އަވަސްގޮތަކަށް

      ކޮވިޑްގެވަބާ މުލުންލުހެލަން ދުރާލާ ނުކުމެ އަދުގެގޮތުން

               -ހިތްފަހި-

         2021 ފެބުރުވަރީ 28 (އާދީއްތަ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close