ޚަބަރު

މަޝްހޫރު ފިލްމީތަރި ކޮއްޔަ ޙަސަން މަނިކު ކޮވިޑް ބަލީގައި ނިޔާވެއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

ކޮއްޔަ ހަސަން މަނިކު ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10 ޖަހާކަން ހާއިރެވެ. ކޮއްޔަ ހަސަން މަނިކު ނިޔާވި އިރު އޭނަގެ އުމުރަކީ 67 އަހަރެވެ.

މިއީ ރާއްޖޭގައި މި ބަލި ޖެހިގެން މަރުވި 60 ވަނަ މީހާ އެވެ. އަދި މިއަދު ވަނީ ކޮވިޑް-19 ގައި ފަރުވާ ދެމުން ދިޔަ އަންހެނަކުވެސް ނިޔާވެފައެވެ.

ކޮއްޔަ ހަސަން މަނިކަކީ، ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައެވެ. އެގޮތުން ކޮއްޔަ ހަސަން މަނިކު ފިލްމީ ދާއިރާ އަށް ނުކުތީ 1980 ވަނަ އަހަރުގެ ތެރޭގައެވެ.

ކޮއްޔަ ހަސަން މަނިކު ވަނީ ގިނަ އަދަދެއްގެ ޑްރާމާ ސިލްސިލާތަކާއި ފިލްމްތައްވެސް ކުޅެފައެވެ. އެގޮތުން “ހިނިތުން ވެލާށޭ” ކަލާއަކީ ކޮއްޔަ ހަސަން މަނިކު ކުޅުނު ފާޙަގަކޮށްލެވޭ ޑްރާމާ ސިލްސިލާއެކެވެ.

މީގެ އިތުރުން، ކޮއްޔަ ހަސަން މަނިކު ވަނީ، ވާލޯބި އެނގޭނަމަ، މާފެއް ނެތް، އަދި ކަރުނަވީ ބޭވަފާ ފަދަ މަޝްހޫރު ފިލްމަތަކުން ފެނިގެން ގޮސްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close