ޚަބަރު މިއަދު، ސިފައިންގެ ކަނބަލުންދަނީ، މީގެ ކުރިން، ގިރާނުކުރެވި ހުރި އެތައް އޮޅިއެއް ގިރާކުރަމުން – މިނިސްޓަރ މާރިޔާ

މިއަދު، ސިފައިންގެ ކަނބަލުންދަނީ، މީގެ ކުރިން، ގިރާނުކުރެވި ހުރި އެތައް އޮޅިއެއް ގިރާކުރަމުން – މިނިސްޓަރ މާރިޔާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއަދު، ސިފައިންގެ ކަނބަލުންދަނީ، މީގެ ކުރިން، ގިރާނުކުރެވި ހުރި އެތައް އޮޅިއެއް ގިރާކުރަމުން ކަމަށާއި، މިއީ، ހަމަ ޔަޤީނުން ވެސް، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އެމްއެންޑީއެފްގެ ހަފްތާ މަޖައްލާއަށް “އަސްކަރިއްޔާގައި ކަނބަލުންގެ ވިދުވަރު” މިސުރުޚީގެ ދަށުން އެކަމަނާ ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.

އެކަމަނާ ވިދާޅުވީ 128 އަހަރަށްވުރެ ދިގު ތާރީޚެއް އޮތް ދިވެހި އަސްކަރިއްޔާގައި އަންހެން ސިފައިން ޙަރަކާތްތެރިވާން ފެށިތާ 31 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެކަމުގައެވެ. މި މުއްދަތުގެ ތެރޭގައި އަންހެން ސިފައިން ވަނީ އަޅުގަނޑުމެން ފަޚުރުވެރިވުން ޙައްޤު ދަރަޖައަކަށް، އެ ކަނބަލުންގެ ހިތްވަރާއި ހުނަރުވެރިކަމާއި ކުޅަދާނަކަން ދައްކައިދީފައި ކަމުގައެވެ.  

 އަދި މުޅި ދުނިޔޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ އަސްކަރީ ތަމްރީނުދޭ މުއައްސަސާކަމަށްވާ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގައި، ފުރަތަމަ ފަހަރަށް، ތަމްރީނު ކޯހެއް ފުރިހަމަކުރަމުންދާ ސިފައިންގެ ކަނބަލަކީ އޮފިސަރ ކެޑޭޓް ސާޖަންޓްފިރުޝާނާ ތައުފީޤްކަމަށް ފާހަގަކުރައްވަމުން މިނިސްޓަރމާރިޔާ ވިދާޅުވީ، މި މަތިވެރި ފަޚުރާއި ޝަރަފު ޙާސިލްކޮށްފައިވާތީ، ޝާނާއަށާއި އޭނާގެ އާއިލާގެ މެންބަރުންނަށް، ހޫނު  މަރުޙަބާއެއވިދާޅުވާ ކަމުގައެވެ.

މިނިސްޓަރ މާރިޔާގެ އެލިޔުއްވުމުގައި ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް، ސިފައިންގެ ލަފާދޭ މަޖިލީހަށްއައްޔަންކުރެވިގެންދިޔަ އަންހެން އޮފިސަރުންކަމަށްވާލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީނަށާއި ލެފްޓިނެންޓްކާނަލް ޑރ. ފާތިމަތު ތަޙުސީނާ އިބްރާހީމަށް ވަރަށް ހޫނުމަރުޙަބާއެއް ވިދާޅުވެފައި ވެއެވެ.

އަދި މި ފުރުޞަތުގައި، ފުރަތަމަ ފަހަރަށް، ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރުން، ލަފާދޭމަޖިލީހުގައި ހިމެނުއްވުމަށް ނިންމެވިކަމަށްޓަކައި، ޗީފް އޮފްޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށާއި ސިފައިންގެ ލީޑަރޝިޕަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

އެކަމަނާގެ ލިޔުއްވުން ނިންމާލައްވަމުން، ދިވެހި މުޖްތަމަޢުގެ ހުރިހާ ދާއިރާއެއްގައި، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް،ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާއިބްރާހިމް މުޙައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާމަސައްކަތްޕުޅުގައި، މާތްﷲ ކާމިޔާބީ މިންވަރުކޮށްދެއްވުމަށާއ، ޤައުމީ ވާޖިބު އަދާކުރުމުގައި ހިތްވަރާއި ބަދަހިކަމާއެކުދެމިތިބުމުގެ ހެޔޮ ތައުފީޤު، މާތްﷲ ސިފައިންނަށް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.

ޓެގް

މާރިޔާ އެމްއެންޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.