ޚަބަރު މާމިގިލީގައި ތޫނު އެއްޗަކުން ހަމަލާދީ 24 އަހަރުގެ ޒުވާނަކު ޒަހަމްކޮށްލައިފި

މާމިގިލީގައި ތޫނު އެއްޗަކުން ހަމަލާދީ 24 އަހަރުގެ ޒުވާނަކު ޒަހަމްކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރޭ އިރާކޮޅު 7:00 ހާއިރު، މާމިގިލީގައި ތޫނު އެއްޗަކުން ހަމަލާދީ 24 އަހަރުގެ ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.

އެ މާރާމާރީގައި ޒަހަމްވެފައިވާ މީހާގެ ބޮލުގެ ނާށިގަނޑަށް ވަނީ ތޫނު އެއްޗަކުން ހަމަލާ ދީފައިއެވެ. އެރަށު ސިއްޙީ މަރުކަޒުން ބުނީ  ގައިގެ އެކި ތަންތަނުގައިވެސް ޒަހަމްތަކެއް ހުރި ކަމަށެވެ.

އޭނާގެ ހާލު ރަނގަޅު ނަމަވެސް އޭނާގެ ސީޓީސްކޭން ހެދުމަށް މާލެ ފޮނުވާލުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފައެވެ.

ފުލުހުން ވިދާޅުވީ، މާމިގިލީގައި މީހެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގި މައްސަލައެއް ރޭ 19:40 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މާރާމާރީގައި އަނިޔާވެފައިވާ މީހާއަށް ހެލްތް ސެންޓަރުގައި ފަރުވާދެމުންދާ ކަމަށާއި، މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކުން އޭނާގެ ބޮލުން ދެތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޓެގް

މާރާމާރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.