މުނިފޫހި ހިނގާށޭ ހިތުގެ މަންޒިލަށް….

ހިނގާށޭ ހިތުގެ މަންޒިލަށް….

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނުދާނަންހޭ ކަލާ އެކުގައި ބަލައިލަން ހިތުގެ މަންޒިލުތައް

                  ހަނދާންވާނޭ ޔަޤީނުންވެސް އުފާވެރި ރޭގެ އެ ހަނދާންތައް

އެރޭގެ ހަނދޭ ކަލާ ހެކިކޮށް އެކުރި ވަޢުދާ ހުވާމެކުރީ

                    މިރޭ އެކަމަކު ކޮބައިހޭ ހަނދު މިތާހެކިދޭން މިވާކަންތައް

ކިތައް ރޭހޭ އެހެން އުޅުނީ ހިތުގެވިންދާ ތޮޅެން އެގޮތަށް

                     ހިތަށްތަދުކޮށް މިރޭ ދިޔުމުން ކެތެއްނުވެޔޭ ލިބޭވޭންތައް

ޙިމާޔަތަކަށް ނެތޭއެދެވެން މިހެންވީމާ މިއަދުކަންތައް

                    އަހާނޭހަމަ އެކަކު ނެތުމުން ހިތަށް ތަދުވާ މި ވާހަކަތައް

ނެތީހޭހަމަ ރަޙުމު ހިތުގައި ކަފުންކޮށް ލޯބި ވަޅުތިޔަލީ

                     ނެތީހޭއަދު ޚިޔާލެއްވެސް ނުވެސްއެނގުނޭ އެވީގޮތްތައް

ނުވާކަމަކަށް މިކަންބަލަމުން އުޅެންޖެހިފައި ވަނީޢުމުރަށް

                     ހަވާނަފުސަށް މިހިތްދިނުމުން ފެނިއްޖޭއަދު ވެދާގޮތްތައް

މިއީފަހެ ކޮންކުށެއް ވެވިގެން ކަލާ ދޭހާ ސަޒާއެއްހޭ

                   މިއީކަން ނޭނގެޔޭ އޮތްގޮތް ކުރުންމިގޮތަށް މިޝިކުވާތައް

ބަލާކަށްއަދު ނެތޭ ޔާރެއް އެކަނިވެރި ޙާލުގައިޖެހުމުން

                     ކަލާ ތިޔަހެން ހެދީމާއަދު އެނގިއްޖޭ ދުނިޔެ ދާދުޅަތައް

                        -ހިތްފަހި-

                         2021

ޓެގް

ޅެން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.