ޚަބަރު ކޮވިޑާއި ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅަން މައުމޫން ގޮވާލައްވައިފި

ކޮވިޑާއި ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅަން މައުމޫން ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮވިޑް ކޭސްތައް އިތުރުވަމުން ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށާއި، ކޮވިޑާއި ގުޅިގެން ވަގުތުން ވަގުތަށް ހަރުކަށި ފިޔަވަޅު އަޅަން ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮސިޓިވްވާމީހުންގެ އަދަދު އަނެއްކާވެސް އިތުރުވަމުން އަންނައިރު މިކަމާއި ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ޕޮސިޓިވް ކޭސްތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންދާކަމަށާއި، އެހެންކަމުން ވީހާވެސް އަވަހަކަށް ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހޭކަމަށެވެ.

މިގޮތަށް ވިދާޅުވެ އެމަނިކުފާނު ޓްވީޓް ކުރައްވާފައިވާއިރު އެ ޓްވީޓްގައި ރައީސް އޮފީހާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ރަސްމީ ޓުވިޓާ އެކައުންޓް ވަނީ ޓެގް ކުރައްވާފައެވެ.

ރާއްޖެއިން ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށުގައި ހުރުމަށްފަހު ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ މަތިވާން ފަށައިފަ އެވެ.

މިދިޔަ އަހަރުގެ ނޮވެންބަރ 23 ވަނަދުވަހުން ފެށިގެން ބައްޔަށް ޕޮޒިޓިވުވާ މީހުންގެ އަދަދު 100 އިން ދަށުގައި ހިފެހެއްޓިފައި އޮތުމަށްފަހު އިއްޔެ އަނެއްކާވެސް މިވަނީ ޕޮޒިޓިވުވީ މީހުންގެ އަދަދު 108 އަށް އަރާފައެވެ.

ޕޮސިޓިވް ކެސްތައް ރާއްޖެގައި އިތުރުވަމުން އަންނައިރު އެޗްޕީއޭއިން ވަނީ ގިނަ ލުއިތަކެއްދެއްވާފައެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ އަހަރެއްހާ ދުވަސް ވަންދެން ވަރަށް ގިނަ ކަންކަން ހިފަހައްޓާފައި ހުރުމަށްފަހު، ފިޔަވަޅުތަކަށް ލުއި ދިނީ ކޮންމެހެން އެކަން ކުރަން ޖެހުމުން ކަމަށެވެ.

ދަރިވަރުން ހާޒިރުވެގެން ސްކޫލަތަކުގެ ކިޔެވުންވެސް ފަށަފައިވާއިރު، އިއްޔެވަނީ ސިނަމާތަކާއި، ގުރުއާން ކްލާސްތަކާއި، ޓިއުޝަން ސެންޓަރުތައް ހުޅުވުމުގެ ހުއްދަދެއްވާފައެވެ. އަދި މީގެއިތުރުން ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިވެސް ވަނީ މެންދަމު 1:00 އަށް އިތުރުކޮށްފައެވެ.

ޓެގް

ކޮވިޑް-19 މައުމޫން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.