ޚަބަރު ޢުމުރުން ދުވަސްވީ މީހާއަށް ޙަމަލާދިން މީހާ ހައްޔަރުކޮށްފި

ޢުމުރުން ދުވަސްވީ މީހާއަށް ޙަމަލާދިން މީހާ ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލޭ މިސްކިތެއްގައި މިއަދު ނަމާދަށް ހުރި ޢުމުރުން ދުވަސްވީމީހެއްގެ ގައިން ނުބައިވަސް ދުވަނީކަމަށްބުނެ އެމީހާ މިސްކިތުން ނެރެން އުޅެ މާރާމާރީ ހިންގި އިންޑިޔާމީހާ މިހާރުހުރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަގައި ފުލުހުން ބުނެފިއެވެ.

ހުޅުމާލެ އަޒީޒާ މިސްކިތަށް ނަމާދަށް ދިޔަ އުމުރުން ދުވަސްވީ މީހާއަށް ޙަމަލާދިންތައް ދުށް ބައެއް މީހުން ބުނީ އެކަމެއް ހިނގީ އެމީހާ ނަމާދަށް ހުއްޓައި ކަމުގައެވެ.

ނަމަވެސް ފުލުހުން ބުނީ އެ މީހާ ހަމަލާދިނީ، އުމުރުން ދުވަސްވީ މީހާގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ، އޭނާ މިސްކިތުން ނެރެން އުޅުމަށް ފަހު ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވި އެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމުގައި ފުލުހުންގެ އިދާރާއިން ބުނެއެވެ.

ޓެގް

މާރާމާރީ ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.