ރ. މަޑުއްވަރީ މަގުމަތީގައި ބިދޭސީ އަންހެނަކަށް އަނިޔާކޮށް، އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިއްޔެ ހެނދުނު 06:04 ހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ މީހާ ވަނީ ބިދޭސީ އަންހެން މީހާ ބިންމައްޗަށް ވައްޓާލައި، އަނގަމަތީ އަތްއަޅައި ބާރުކުރުމަށްފަހު ފޭރެން މަސައްކަތްކޮށްފައެވެ. އަދި އެ ވަގުތު ގިނަ އަދަދެއްގެ ފައިސާ މަގުމައްޗަށް ބުރައިގެން ގޮސްފައިވާ ތަން ވީޑިއޯއިން ސާފުކޮށް ފެނެއެވެ.
ފުލުހުން ބުނެފައިވަނީ މި މާރާމާރީއާއި ފޭރުމުގެ މައްސަލަ ހުށަހެޅުމާއެކު ތަހުގީގު ފަށާފައިވާ ކަމަށާއި، ނަމަވެސް މައްސަލައި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...