ޚަބަރު އޮންލައިންކޮށް ފީ ދެއްކުމުން އޮންލައިންކޮށް ސްޓިކާވެސް ލިބޭނެގޮތް ހަމަޖައްސައިފި

އޮންލައިންކޮށް ފީ ދެއްކުމުން އޮންލައިންކޮށް ސްޓިކާވެސް ލިބޭނެގޮތް ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް މީރާއިން ސްޓިކާ ދޫކުރާނީ އީމެއިލް މެދުވެރިކޮށް، އެ މީހަކަށް އަމިއްލަ އަށް ޕްރިންޓް ކުރެވޭނެ ގޮތަށްކަމަށް ޓެކްސް އިދާރާ، މީރާ އިން ބުނެފިއެވެ.

އެއްގަމު އުޅަނދުގެ އަހަރީ ފީ މީރާގެ އޮފީހަށް ގޮސް ދައްކާ ފަރާތްތަކަށް ވެސް އަންނަ މަހުން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ އަލަށް ތައާރަފްކުރި ސްޓިކާ ކަމަށް މީރާއިން ބުނެއެވެ.

މީރާ އިން ބުނީ މާދަމާގެ ނިޔަލަށް ދައްކާފައިވާ ވެހިކަލް ފީ އަކާ ގުޅިގެން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުން ކުރަމުންދާ ސްޓިކާ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެ ކަމަށެވެ.

އަހަރީ ފީ ސްޓިކާ އަށް މި ގެނައި ބަދަލާ އެކު، ފައިސާ ދައްކާ ފަރާތްތަކަށް ސްޓިކާ ހޯދުން ފަސޭހަވެ، ސްޓިކާގައި ހުންނަ ކިއުއާރު ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްހަކަން ބެލޭނެ ގޮތް ހަމަޖެހިފައިވާތީ، ވެހިކަލް ފީ ދައްކައިފައިވާކަން ކަމާބެހޭ އިދާރާތަކުން ބެލުމުގެ ނިޒާމަށް މިކަމުގެ ސަބަބުން އިތުރު ހަރުދަނާކަމެއް އަންނާނެ ކަމަށް މީރާ އިން ބުނެ އެވެ.

މީރާ އިން އެއްގަމު އުޅަނދުގެ ސްޓިކާ އޮންލައިންކޮށް ލިބޭނެ ގޮތް ހަމަޖެއްސި އިރު އެ އިދާރާއިން އަންނަނީ އެތަނުގެ ގިނަ ހިދުމަތްތައް އޮންލައިން ކުރަމުންނެވެ. އެގޮތުން ގިނަ ޓެކްސްތައް މިހާރު އޮންލައިންކޮށް ދެއްކޭނެ އިންތިޒަމު ވަނީ ހަމަޖައްސައިފަ އެވެ.

ޓެގް

ވެހިކަލް އަހަރީފީ މީރާ ޓްރާންސްޕޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.