ޚަބަރު

ވިދިވިދިގެން 2 މަސްދުވަހު ރޯދަ ހިފުމަށާއި، 20 އަހަރަށް ޖަލަށްލުމަށް ޢާފިޔާގެ މައްޗަށް ޙުކުމްކޮށްފި

ވ. ރަކީދޫގައި އުމުރުން ތިން އަހަރު މުހައްމަދު އިބްތިހާލް މަރާލިކަން އެކުއްޖާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ސާބިތުވެ އޭނާ 20 އަހަރަށް ޖަލަށް ލުމަށާއި،  އަދި ކައްފާރައިގެ ގޮތުގައި ހިޖްރީ ކަލަންޑަރުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އާފިޔާގެ މައްޗަށް ކުރި މިޙުކުމްގައި ވަނީ އަނިޔާ ލިބުނު ފަރާތުގެ އާއިލީ ވާރިސެއް ނެތުމުން ގިސާސް ހިފެން ނެތް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ގަސްތުގައި އިބްތިހާލް ނޭވާހާސްކޮށް، ހަށިގަނޑަށް އަތުންނާއި ފައިން އަނިޔާދީ މަންމަ އާފިޔާ އެ ކުއްޖާ މަރާލާފައިވަނީ 2015 ވަނަ އަހަރުގެ ކުރީ ކޮޅެވެ.

ވ. ރަކީދޫ، ލައިޓް ހައުސް، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ދައުލަތުން ކުރާ ދެ ދަޢުވާއަކީ ގަސްދުގައި ކުއްޖަކު މެރުމުގެ ދަޢުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެކެވެ. މި ދެ ދައުވާ އަށް އާފިޔާވަނީ އިއުތިރާފްވެފައެވެ.

އެގޮތުން އިބްތިހާލްއަށް އަނިޔާ ކުރި ގޮތް އޭނާ ވަނީ ބުދެއް ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގަށްވެސް ކިޔައިދީފަ އެވެ.

އެ މައްސަލައިގައި އާފިޔާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އޭނާގެ ފިރިމީހާ، އިބްތިހާލްގެ ދޮން ބައްޕަވެސް ހެކިބަސް ހެކިބަސްދީފައިވަނީ އާފިޔާއާއި ދެކޮޅަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close