ޚަބަރު އަކްރަމް ވަކިކުރަން ނިންމީ ސުލޫކީ މައްސަލައެއްގައި، ޖިންސީ ފުރައްސާރަޔަކު ނޫން: ރޮޒައިނާ

އަކްރަމް ވަކިކުރަން ނިންމީ ސުލޫކީ މައްސަލައެއްގައި، ޖިންސީ ފުރައްސާރަޔަކު ނޫން: ރޮޒައިނާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް މަޤާމުން ވަކިކުރުމަށް ނިންމީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ނޫންކަމަށާއި، އޭނާ ވަކިކުރަން ނިންމީ ސުލޫކީ މައްސަލައަކާއި ގުޅިގެންކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެންކަމަށް ވާހަކަ ވަނީ ފެތުރިފައެވެ.

ނަމަވެސް ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަކްރަމް މަޤާމުން ވަކިކުރުމަށް މިނިވަން މުއައްސަސާ ކޮމިޓީން ނިންމީ ސުލޫކީ މައްސަލައެއްގެ މައްޗަށް ކަމަށެވެ. އަދި މުވައްޒަފުންނާ ވާހަކަ ދެއްކުމުގައި ކޮމިޝަންގެ މެންބަރެއްގެ ހިފަހައްޓަންޖެހޭ އަޚްލާގީ މިންގަނޑު ހިފަހައްޓާފައި ނުވާކަމަށް ކޮމިޓީގެ މެންބަރުންނަށް ޤަބޫލުކުރެވޭތީކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

އަކްރަމް ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިދިޔަ ހަފްތާގެ ބުދަ ދުވަހު ފާސްކުރުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އަކްރަމް އިސްތިއުފާދެއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މަޤާމުން އިސްތިއުފާ ދެއްވާ އަކްރަމް ނެރެއްވި ބަޔާނެއްގައި ވިދާޅުވީ،  މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޮމެޓީން އޭނާ މަޤާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ، އެ ކޮމިޓީގެ އިތުބާރެއް ނެތި މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ ގޮތުގައި ދެމި ހުރުމަކީ ރަނގަޅު ގޮތްކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށެވެ.

ޓެގް

އަކްރަމް އެލެކްޝަންސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.