ޚަބަރު

32 ރަށެއްގައި އައުޓްޑޯ ޖިމް އެޅުމަށް ބަޔަކާއެކު ސޮއިކޮށްފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފްއެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،101،134.17 ރުފިޔާއަށެވެ. މި އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭއިރު 56 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ޤާއިމްކުރުމަށް ބޭނުންވާ ސާމާނު 2020 ޖުލައި 13 ގައި ވަނީ ރާއްޖެއާއި ހަވާލުކޮށްފައެވެ. މި ސާމާނާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވީ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އައުޓްޑޯރ ޖިމް ގާއިމްކުރެވިގެންދާނެ 32 ރަށަކީ:

ހއ. ބާރަށް

ހއ. ތަކަންދޫ

ހއ.މުރައިދޫ

ހދ. ކުޅުދުއްފުށި

ހދ. ނޭކުރެންދޫ

ހދ. ކުމުންދޫ

ހދ. ވައިކަރަދޫ

ށ. ފޯކައިދޫ

ށ. ކަނޑިތީމު

ނ. ހެނބަދޫ

ނ. މާޅެންދޫ

ނ. ވެލިދޫ

ނ. ކުޑަފަރި

ނ. މާފަރު

ނ. މަނަދޫ

ރ. މަޑުއްވަރީ

ރ. އުނގޫފާރު

ރ. ރަސްގެތީމު

ރ. ހުޅުދުއްފާރު

ރ. އިނގުރައިދޫ

ރ. އިންނަމާދޫ

ރ. މީދޫ

ރ. ފައިނު

ބ. އޭދަފުށި

ބ. ކަމަދޫ

ބ. ގޮއިދޫ

ޅ. ކުރެންދޫ

ކ. ހިންމަފުށި

ކ. މާފުށި

ކ. ދިއްފުށި

ވިލިމާލެ

ކ. ތުލުސްދޫ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close