ޚަބަރު

ގެލެކްސީ އެސް 20 އަދި އެސް 20 ޕްލަސްގެ އަގު ހީނުކުރާހާ ދަށަށް ވެއްޓިއްޖެ

ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ އެސް 20 އަދި އެސް 20 ޕްލަސްގެ އަގު ހީނުކުރާހާ ދަށަށް ވެއްޓިއްޖެއެވެ.

މައިކްރޯސޮފްޓްގެ އޮންލައިން ވިޔަފާރީގެ އެންމެ ވަރުގަދަ ޕްލެޓްފޯމް “އީބޭ ސްޓޯރުގައި މިހާރު އެސް 20 650 ޑޮލަރަށް ހުރިއިރު އެސް 20 ޕްލަސް ހުރީ 800 ޑޮލަރަށެވެ. މިއީ އެފޯނު މިދިޔަ މާޗްމަހު ބާޒާރަށް ނެރުނު އިރު އަގަށްވުރެ 200 ވަރަކަށް ޑޮލަރުގެ ހެޔޮއަގެކެވެ.

އެސް20 ސީރީޒްގެ ހުރިހާ ފޯނެއްގައިވެސް ބޭނުންކުރާ ޑިސްޕްލޭ އަކީ 120 ހާޓްސްގެ ޑިސްޕްލޭއެކެވެ. އަދި ފޯނުތަކުގެ ރޭމް އަށަކުން ފެށިގެން 12 އާ ހަމައިގައި އުޅެއެވެ. އެ ހުރިހާ ފޯނުތަކެއްގައި ބޭނުންކުރާނީ އެންމެ ފަހުގެ ކުއަލްކޮމް ޗިޕްސެޓެވެ.

ރާއްޖޭގައި މިފޯނު ޕްރީއޯޑަރަށް އުރީދޫން ނާއި، ދިރާގުން ހުޅުވާލިއިރު ފުލްޕޭމަންޓްގެ އަގު އުޅެނީ 15000 އާއި، 17000 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close