ޚަބަރު މަރުވެފައި އޮއްވައި ފެނުނު ސިދުރަތުﷲ އެންމެފަހުން ފެނިފައިވަނީ 22 ވަނަދުވަހު

މަރުވެފައި އޮއްވައި ފެނުނު ސިދުރަތުﷲ އެންމެފަހުން ފެނިފައިވަނީ 22 ވަނަދުވަހު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗާއި ދިމާއިން މޫދުގައި މަރުވެފައި އޮއްވައި ފެނުނު ސިދުރަތުﷲ އަޙްމަދު އެންމެ ފަހުން ފެނިފައި ވަނީ 2020 އޮކްޓޯބަރ 22 ވީ ބުރާސްފަތި ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށްކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

އޭނާ ރަސްފަންނަށް މޫދަށް އެރެން ދިޔަ މަންޒަރު ފެންނަ ވީޑިއޯ ފުލުހުން މިއަދު އާއްމުކުރައްވައިފައިވާއިރު އައިޖީއެމްއެޗާއި ދިމާއިން މާލޭގެ އުރަފަށުގެ މޫދު އަޑިން މަރުވެފައި އޮއްވައި އޭނާވަނީ ބަޔަކަށް ފެނިފައެވެ.

ގދ. ވާދޫ، ރިމެމްބަރކަދާވަޑު، އުމުރުން 31 އަހަރުގެ މުޙައްމަދު ސިދުރަތުﷲ އަޙްމަދުގެ މަރުގެ ހާދިސާ އާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހުގެ އެ ވަގުތުގައި ނުވަތަ މުޙައްމަދު ސިދުރަތުﷲ އަޙްމަދާ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ އަދި މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޓެގް

މަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.