ޚަބަރު ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ބުނާ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ބުނާ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަނަރަ އަހަރުގެ ކުއްޖާއާއި ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގި ކަމަށްބުނާ މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭގައި އުމުރުން 15އަހަރުގެ ފިރިހެން ކުއްޖަކާއެކު 2މީހަކު ގަދަކަމުން ބަދުއަޙުލާގީ ޢަމަލު ހިންގިކަމަށް ތުޙުމަތުކުރެވޭ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. އަދި އެމައްސަލަ މިހާރު ތަޙުޤީގުކުރަމުންދާކަމަށާ، އެމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ހުޅުމާލޭގައި މިއަދުވަނީ މީހުން އެއްވެ އިހުތިޖާޖުކޮށްފައެވެ. އަދި އެ ސަރަޙައްދުން ދެ މީހަކު ފުލުހުންގެ ވެހިކަލްގައިވަނީ ގެންގޮސްފައެވެ. ފުލުހުން ވިދާޅުވީ އެ ސަރަޙައްދުން ފުލުހުންގެ ވެހިކަލްގައި ޕޮލިސް ސްޓޭޝަންއަށް ގެންގޮސްފައިވަނީ، އަމިއްލައަށް ރައްކާތެރިކަމަށް އެދުނު ދެ މީހުންކަމަށެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.

ޓެގް

ޖިންސީގޯނާ ޕޮލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.