ޚަބަރު

ސިވިލް ސާވިސް މުވައްޒަފުންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް އިންޑިޔާގެ އެހީގައި ކުރިއަށްގެންދަނީ

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް އިންޑިޔާ ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އިންޑިޔާގެ ސަފީރާއެކު ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން މަޝްވަރާ ކޮށްފިއެވެ.

ސިވިލް ސާވިސްގެ މެންބަރުންނާއެކު އިންޑިއާ ހައި ކޮމިޝަންގައި ހޯމަ ދުވަހު ބޭއްވި މި ބައްދަލު ކުރެއްވުމުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރް ވަނީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އިތުރު ތަމްރީން ޕްރޮގްރާމްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި ސިވިލް ސަރވިސްގެ އިދާރާތަކުގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް ކުރިއަށް ގެންދިއުމުގައި ބޭނުންވާނެ ވަސީލަތްތަށް ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު ވަނީ އިންޑިޔާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން އިންޑިއާ ސަފީރު ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް އައްޔަނު ކުރެވުނު މެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އާއި މެންބަރު މުހައްމަދު ފަރުޞަތު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އިންޑިއާ ސަރުކާރުން އަންނަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވާ އެކި ދާއިރާތަކުން ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީ، ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close