ޚަބަރު

ސިވިލްސަރވިސް ކޮމިޝަނަށް ބޭފުޅުން އައްޔަނު ކުރައްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެމްބަރުކަމުގެ ހަތަރު މަގާމަށް ބޭފުޅުން އައްޔަނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ހަތަރު ބޭފުޅަކު ޢައްޔަން ކުރައްވައިފައިވަނީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރައްވާފައިވާ ހަތަރު ބޭފުޅުންނަކީ ގދ. ތިނަދޫ މާކޯޅި، ފާޠިމަތު ޝަރީފާއި، ރ. މީދޫ ބްލެކް، އިބްރާހީމް ރަޝީދާއި، ހ. ޓޫހާޓްސް، މުޙައްމަދު ފަރުޞަތާއި، މ. ފަލްކަންގެ، މުޙައްމަދު ނާޞިހެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މި ހަތަރު ބޭފުޅުން ޢައްޔަންކުރައްވަން ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ 2020 އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ބޭއްވެވި އެ މަޖިލީހުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، މި ހަތަރު ބޭފުޅުން ވެސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އެ މެންބަރުންނަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ. އަދި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުގައި ހަތަރު ބޭފުޅުންނާއި ޙަވާލުކުރެއްވިއެވެ.

ސީއެސްސީ އަށް ރައީސް މިއަދު އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހަށް އެ މަނިކުފާނު ފޮނުއްވި 41 ނަމުގެ ތެރެއިން މަޖިލީހުން ރުހުން ދިން ހަތަރު ބޭފުޅުންނެވެ. މެމްބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ހަތަރު ބޭފުޅުން މެމްބަރުކަމުގެ ހުވައިކުރެއްވި އެވެ. ހުވައި ލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭގެ ފަހުން ރައީސް އެ ބޭފުޅުންނާ މެމްބަރުކަމުގެ ލިއުން ހަވާލުކުރެއްވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close