ޚަބަރު

ނިއު ނޯމަލްގައި ޓެކްސީ ކުރެވޭނީ ޕާޓިޝަން ޖަހައިގެން

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެގޮތުން ކުރިއަށްއޮތްތަނުގައި ޓެކްސީ ކުރަންވާނީ ޕާޓިޝަނެއް ޖަހައިގެން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ޓެކްސީ ކުރަންވާނި ޓެކްސީތަކުގެ ޑްރައިވަރު އިންނަ ސީޓާއި ފަސިންޖަރުންތިބޭ ފަހަތު ސީޓާ ދެމެދު ޕާޓިޝަނެއް ޖަހައި ވަކިކޮށްގެން ކަމަށެވެ.  އަދި ފުރަބަންދުގައި ޓެކްސީކުރަން ދީފައިވާ ހުއްދަތަކުގެ އިތުރުން، އިތުރު ޓެކްސީތަކަށްވެސް ހުއްދަ ދެވިދާނެކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޓެކްސީއަކީ ބަންދުވެފައިވާ އުޅަނދަކަށްވުމުން ޓެކްސީ ދަތުރުތަކުގެ ސަބަބުން ދަތުރުކުރާ މީހުންނަށްވެސް އަދި ޑްރައިވަރުވެސް ކޯވިޑް-19 އަށް ހުށައެޅޭކަން ފާހަގަކުރައްވަމުން ޑރ. ނަޒްލާ ވަނީ ޓެކްސީ ދަތުރުތައް ކުރުމުގައި ސަމާލުވާންވީ ކަންކަން ހިއްސާކުރައްވާފައެވެ.

ޓެކްސީ ކުރުމާއި، ޓެކްސީ ދަތުރުކުރުމުގައި ސަމާލުވާންވީ ކަންކަން:

ފަސިންޖަރުންނާއި ޑްރައިވަރުވެސް މާސްކް އެޅުން

ފަސިންޖަރުންނަށް ތިބެނީ ހަމައެކަނި ފަހަތު ސީޓުގައި

ކުރިއަށްއޮތް ތަނުގައި ޑްރައިވާސް ސީޓާއި ފަހަތު ސީޓާ ދެމެދު ޕާޓިޝަނެއް ޖަހަންޖެހޭ

އޮންލައިންކޮށް ލާރި ދެއްކޭގޮތަށް ހަމަޖެއްސުން

ޓެކްސީގެ ދޮރުތައް ހުންނަންވާނީ ހުޅުވާފައި

މަގުމަތިން ޓެކްސީ ނެގުން ޙުއްދައެއް ނޫން

ދަތުރު ނަގަންވާނީ ސެންޓަރަށް ގުޅައިގެން ނޫނީ އެޕް މެދުވެރިކޮށް

ދެ ދަތުރު އެއްކޮއްލައިގެން ނުކުރެވޭނެ

ފަސިންޖަރުންގެ ލޮގެއް ބާއްވަންވާނެ

ޑރ. ނަޒްލާ ވިދާޅުވީ 2 ހަފްތާ ފަހުން ހުރިހާ ޓެކްސީތަކަށް ދަތުރުކުރުމުގެ ޙުއްދަ ދެވޭނެކަމަށާއި އެގޮތަށް ހުއްދަދެވޭނީވެސް މި ކަންކަމަށް އަމަލުކުރާ ފަރާތްތަކަށްކަމަށެވެ. އަދި ޓެކްސީ ދުއްވާ މީހުންނާއި، ދަތުރުކުރާ އެންމެންވެސް ޓްރޭސްއެކީ އެޕްއަޅައި ބޭނުންކުރަންވާނެކަމަށްވެސް އެންއީއޯސީންވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close