ޚަބަރު ފަނޑިޔާރުކަމަށް އައްޔަން ކުރާނެ ބޭފުޅުން އިލްމުވެރިން ވިދާޅުވުދެއްވުމާއިއެކު އިންތި ރުޅިގަދަވެއްޖެ

ފަނޑިޔާރުކަމަށް އައްޔަން ކުރާނެ ބޭފުޅުން އިލްމުވެރިން ވިދާޅުވުދެއްވުމާއިއެކު އިންތި ރުޅިގަދަވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާނެ ފަނޑިޔާރުންގެ ލިސްޓެއް އިލްމުވެރިން ރައީސުލްުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެއްވުމަކީ ޤިޔާމަތުގެ އަލާމާތެއް ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ރުޅިގަދަވެއްޖެއެވެ.

އިންތި މިހެންބުނެފައިވަނީ ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާ ފަނޑިޔާރުންގެ ކިބައިގައި ހުންނަން ވާނެ ކަމަށް އިލްމުވެރިންގެ ޖަމިއްޔާއެއް ކަމަށްވާ “އިލްމުވެރިން ގުޅުމަށް” ފެންނަ ޝަރުތުތައް ހިމަނައިގެން ބަޔާނެއް ނެރެ، އަދި އެޖަމިއްޔާ އަށް ފެންނަ ބައެއް ބޭފުޅުންގެ ނަންތައް ރައީސް ޞާލިހަށް ފޮނުވުމުން ކުރި ޓްވީޓެއްގައެވެ.

އިލްމުވެރިން އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖެ އިސްލާހުކުރެއްވުމަށާއި ދިވެހިރާއްޖޭގެ މިސްރާބުކުރެއްވުމަށް ރައީސް ސޯލިހުއަށް ލިބިވަޑައިގެންފައިވާ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިއްޕަވާ، އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށް ކުރައްވަންޖެހިވަޑައިގެންނަވާ ކަންކަމުގައި ފަސްޖެހިވެޑައިނުގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޓެގް

އިންތި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.