ޚަބަރު ކުޅުދުއްފުށީ އަމީރު އަމީން ސްކޫލްގައި ހިންދޫދީނުގެ ޙަފްލާއެއް ނުބާއްވާ – ކުޅުދުއްފުށީ ކައުންސިލް

ކުޅުދުއްފުށީ އަމީރު އަމީން ސްކޫލްގައި ހިންދޫދީނުގެ ޙަފްލާއެއް ނުބާއްވާ – ކުޅުދުއްފުށީ ކައުންސިލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުގައި އިންޑިޔާއަށް ނިސްބަތްވާ ޓީޗަރުންތަކެއް ހިންދޫ ދީނުގެ ދީނީ ޙަފްލާއެއް ބޭއްވި ކަމަށް ބައެއް ފަރާތްތަކުން މީޑިއާގައި އަޑު ފަތުރަމުންދާތީ އެކަން ކުޅުދުއްފުށީ ކައުންސިލުން ދޮގުކޮށްފިއެވެ.

ކުޅުދުއްފުށީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދީނާ ޚިލާފު އެފަދަ އެއްވެސް ކަމެއް ސްކޫލުގައި ހިންގާފައިނުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފެތުރުމުގެ ކުރިން އެކަމެއްގެ ތެދު ދޮގު ސާފު ކުރެއްވުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ ބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި މަސައްކަތްކުރާ އިންޑިޔާގެ ޓީޗަރުން ތަކެއް އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ ޙަފްލާ ކުރިއަށް ގެންގޮސްފައިވަނީ ސްކޫލްގެ ހުއްދައާއެކު ކަމަށެވެ. ސްކޫލުން ހުއްދަ ދިނީ އިސްލާމް ދިނާ ފުށު އަރާގޮތަށް ޙަރަކާތްތަޢް ނުހިންގުމަށް އަންގައި މިފަަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ލިޔުމަކުން ހޯދުމަށްފަހުގައި ކަމަށެވެ. މި ޙަފްލާގެ މަޤްޞަދަކަށް ވެފައިވީ ޓީީޗަރުން ތަކެއް އެއްތަނަކަށް އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމާއެކު ކެއުމެއް ބެއްވުން ކަމަށް މިކަމަށް އެދުނުމީހުން ބުނެފައިވާ ކަމަށްވެސް މިބަޔާނުގައި ވެއެވެ.

ޓެގް

ކުޅުދުއްފުށި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.