ޚަބަރު އެމްއާރްއެމް ރަޖިސްޓްރީ ކުރުމަށް ކުރިއަށް އޮތް ހަފްތާތެރޭގައި ހުށަހަޅާނެ

އެމްއާރްއެމް ރަޖިސްޓްރީ ކުރުމަށް ކުރިއަށް އޮތް ހަފްތާތެރޭގައި ހުށަހަޅާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއި ހަމަކޮށް ކުރިއަށް އޮތް ހަފްތާ ތެރޭގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާނެކަމަށް އެޕާޓީއުފެއްދުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެފިއެވެ.

އެމްއާރްއެމްގެ ސެކްރަޓަރީ ޖެނެރަލް އަބްދުލް އަލީމް ބައެއް ނޫސްތަކަށް މައުލޫމާތު  ދެއްވަމުން ވިދާޅުވީ، އެމްއާރްއެމް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއި ހަމަވެފައިވާކަމަށެވެ. އަދި ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި އެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެކަމަށެވެ.

މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން، ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓާރ ޔުމްނާ މައުމޫނަށް ދެއްވާފައިވަނީ މެއި މަހުގެ 27 ދުވަހުއެވެ. 

އެމްއާރްއެމް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އަދަދަށް މެމްބަރުންގެ ސޮއި ހަމަވެފައިވާއިރު، މިއީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވާ 3 ވަނަ ޕާޓީއެވެ.

ޓެގް

އެމްއާރުއެމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.