ޚަބަރު ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީވަނީ

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޚަރަދުގައި އިންސްޓިޓިއުޓް އޮފް މެންޓަލް ވެލްބީންގް މެދުވެރިކޮށް ކައުންސެލިންގ ޚިދުމަތް ދިނުމަށްވަނީ ފަށާފައި ވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

 ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު)ގައި ގެ 64 ވަނަ މާއްދާ ގައި “މި ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ޝިކާރައަށްވި މީހާއަށް، ނަފްސާނީގޮތުން ދިމާވެދާނެ އުނދަގުލެއް ލުއިކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމަށް ބޭނުންވާ ކައުންސެލިންގ މި އޮތޯރިޓީގެ ޚަރަދުގައި، މި އޮތޯރިޓީން އިންތިޒާމްކުރާ އުސޫލެއްގެމަތިން، މި އޮތޯރިޓީން ކަނޑައަޅާ ތަނެއް ނުވަތަ ބަޔަކު މެދުވެރިވެގެން ހަމަޖައްސައިދޭންވާނެ” ކަމަށް ބަޔާންކޮށްފައިވެއެވެ.

 ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ކައުންސެލިންގް ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑާއި އަމަލުކުރާނެ އުސޫލު ތައްޔާރުކޮށް ގެޒެޓްކުރެވިފައިވާނެކަމަށެވެ. އަދި، މި އުސޫލުގެ ދަށުން ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުން މި ޚިދުމަތަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އަދި ސޯޝަލް ސަރވިސް އަދި ހޮސްޕިޓަލް އަތޮޅު ހޮސްޕިޓަލް މެދުވެރިކޮށް ހުށަހެޅިދާނެކަމަށާއި، މީގެ އިތުރުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ވެސް މި ޚިދުމަތަށް އެދި އެދެވިދާނެކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

 ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ކައުންސެލިންގް ޚިދުމަތް ދިނުމުގެ އެންމެހާކަންކަން ހިނގާނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބެލުމުގެ ދަށުންކަމަށާއި، މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ނަންބަރު 0551 301 އަށް ގުޅުއްވުމަށްވެސް އެ އޮތޯރިޓީން އެދިލައްވައެވެ.

ޓެގް

ޖިންސީގޯނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.