ޚަބަރު މަޖްލީހުގެ ސްޕަރ މެޖޯރިޓީ އެމްޑީޕީ ހޯދައިފި

މަޖްލީހުގެ ސްޕަރ މެޖޯރިޓީ އެމްޑީޕީ ހޯދައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ރާއްޖޭގެ ތާރީޚްގައިވެސް ދުވަހަކުވެސް ވަކިޕާޓީއަކަށް ނުލިބޭ ވަރުގެ ބޮޑު ކާމިޔާބީއެއް އިއްޔެ ނިމިގެންދިޔަ ޢާއްމު އިންތިޚާބުގައި ވެރިކަންކުރާ މައިޕާޓީ އެމްޑީޕީން ހޯދައިފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީން ވަނީ މަޖިލިސް އިންތިޚާބަކުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަށްވެފައެވެ. އެޕާޓީން ވަނީ 62 ގޮނޑި ނަގާފައެވެ. މިއީ ރައްޔިތުން މަޖިލިސް އިންތިޚާބެއްގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރަށްވެސް ލިބިގެންދިޔައެވެ. ނަމަވެސް އެޕާޓީއަށް އޭރު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިގެންދިޔައީ އެކި ޕާޓީތަކުން މަޖިލީހަށް އިންތިޚާބުވި މެންބަރުން އޭރުގެ ސަރުކާރު ޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގަތުމުންނެވެ.

މަޖްލިސް 19 ގެ ގިނަގޮނޑިތަކެއް އެމްޑީޕީ އިން ކާމިޔާބުކޮށްފައިވާއިރު މަޖްލިސް މެމްބަރެއްގެ ގޮތުން ނޫނަސް ރާއްޖޭގެ ސިޔާސީ ޙަޔާތުގައި މަޝްހޫރު އެތައްބޭފުޅުންނެއްވަނީ މިއިންތިޚާބުގައި ނާކާމިޔާބާ ކުރިމަތިލާންޖެހިފައެވެ. އަދި އެއްވެސް ވަރަކަށް ސިޔާސީ މައިދާނުން މީގެ ކުރިން ނުފެންނަ މޫނުތަކެއްވެސް ވަނީ މިފަހަރު މަޖްލިސްއަށް އެތެރެވެފައެވެ.

އެޖްންޑާ 19 އިން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބުނާ ޙައްޤުމިންވަރު ސަރުކާރުން ކަށަވަރުކޮށްދޭނީ ޤާނޫނުގެ ތެރެއިންކަމަށް ބުނެވީ ވަޢުދުތަކަށް ރައްޔިތުންދާނީ ފާރަވެރިވަމުންނެވެ. ރައްޔިތުން މިއިންތިޚާބުގައި ދައްކައިދިން ބޮޑު ތަފާތު ސަރުކާރުންވެސް ދައްކައިދޭނެކަމަށް ސަރުކާރުން އަންނަނީ ބުނަމުނެވެ.

ޓެގް

މަޖިލިސް އިންތިޚާބު 2019

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.