ޚަބަރު

ކުޅުދުއްފުށިން ގޯތި ދޫކުރުމަށް ހުއްދަ ދީފި

ކުޅުދުއްފުށިން ގޯތި ދޫކުރުމުގެ ހުއްދަ ހައުސިންގ މިނިސްޓްރީން ދީފިއެވެ.

އެގޮތުން ހުއްދަ ދީފައިވަނީ 120 ގޯތި ދޫކުރުމުގެ ހުއްދައެވެ. ނާރެސްއަށް މަޢުލޫމާތު ލިބޭގޮތުގައި ހައުސިންގ މިނިސްޓްރީން މިގޮތަށް ހުއްދަށް ދީފައިމިވަނީ ޒުވާނުންގެ ތެރެއިން ބަޔަކު ގެވަޅު ހޯދުމަށް  ކައުންސިލްގައި އެދެމުންދާ ދަނޑިވަޅެއްގައި އެވެ.

ކުޅުދުއްފުށީގެ ޒުވާނުންތަކެއް މިމަހުގައި ދެ ފަހަރެއްގެ މަތިން ކައުންސިލާ ބައްދަލުކޮށް ގެވަޅު ހޯދައިދިނުމަށް މަސައްކަތްކޮށް ދިނުމަށް ކައުންސިލްގައި އެދިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ބިމުގެ ޖާގައި ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކުޅުދުއްފުށިން ގެވަޅު ދޫކުރުމަކުން ބޯހިޔާވަހިކަމަކަށް ހައްލެއް ލިބިގެން ނުދާނެ ކަމަށާއި ކައުންސިލްގެ ވިސްނުމަކީ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބޭނެ ފެންވަރު ރަނގަޅު ފުލެޓް އެޅޭނެ ގޮތުން ހޯދުމެވެ.

ކުޅުދުއްފުށީ ކައުންސިލުން ދެކޭގޮތުގައި ކުޅުދުއްފުށީގައި ބޯހިޔާވަހިކަމަށް ބޭނުންވާ 1500 އެއްހާ މީހުން އުޅޭކަމަށް މަޢުލޫމާތު ލިބެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close