ޚަބަރު 600 ވުރެ ގިނަ ނަރުހުން ހޯދުމަށް އިއުލާންކޮށްފި

600 ވުރެ ގިނަ ނަރުހުން ހޯދުމަށް އިއުލާންކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަތޮޅުތަކު ތެރޭ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރުމަށް 600 ވުރެ ގިނަ ނަރުހުން ހޯދުމަށް ހެލްތް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އިއްޔެ އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ޖުމްލަ 633 ނަރުހުން ހޯދުމަށް އިއުލާންކޮށްފައިވާއިރު ނަރުހުންގެ މުސާރައިގެ ގޮތުގައި 9060 ރުފިޔާ އަދި އިތުރު ސާވިސް އެލަވަންސްތައް ވެސް ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ.

އަތޮޅުތަކު ތެރޭ ސިއްހީ ހިދުމަތް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އަމާޒަކަށް ވާއިރު ދާދި ފަހުން އެ މިނިސްޓްރީން ވަނީ ސްޕެޝަލިސްޓުން ހޯދުމަށްވެސް އިއުލާންކޮށްފަ އެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީގެ ދަށުން އަތޮޅުތަކުގައި ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް ބޭނުންވާ ކަމަށެވެ.

ޓެގް

ނަރުހުން ހެލްތްމިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.