ޚަބަރު ޕީއެންއެފްގެ ސިޔާސީ ހަރަކާތްތަކަށް ރައީސް ޔާމީން މި ހަފްތާ ބަންދުގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވަނީ

ޕީއެންއެފްގެ ސިޔާސީ ހަރަކާތްތަކަށް ރައީސް ޔާމީން މި ހަފްތާ ބަންދުގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވަނީ

ޕީއެންއެފްގެ ސިޔާސީ ހަރަކާތްތަކަށް ރައީސް ޔާމީން މި ހަފްތާ ބަންދުގައި އައްޑޫ ސިޓީއަށް  ވަޑައިގަންނަވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސިޔާސީ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރިއަށް އޮތް ހުކުރު ދުވަހު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައީސް ޔާމީން ރޭ ހާމަކުރެއްވި ގޮތުގައި، މި ދަތުރުފުޅަކީ ސިޔާސީ ގޮތުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން އައްޑޫ ސިޓީގައި ޕީއެންއެފްގެ ޚާއްޞަ ޓައުންހޯލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދެކުނުގެ އަތޮޅުތަކަށް އެމަނިކުފާނު ފައްޓަވާފައިވާ ސިޔާސީ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މީގެ ކުރިން، މިދިޔަ މަހުގެ ތެރޭގައި ވެސް ރައީސް ޔާމީން ވަނީ ފުވައްމުލައް ސިޓީގެ އިތުރުން ގދ. ތިނަދޫ ސިޓީއަށް ޒިޔާރަތްކުރައްވައި ސަޕޯޓަރުންނާ ބައްދަލުކުރައްވާފައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި އެކަމަށް ތައްޔާރުވަމުން އަންނަ ރައީސް ޔާމީންގެ މައްޗަށް އަދިވެސް ކޯޓުތަކުގައި ބައެއް ދަޢުވާތަކުގެ ޝަރީޢަތްތައް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ޓެގް

ރައީސް ޔާމީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.