ޚަބަރު ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ރައްޔިތުންގެ މަޖްލިސްގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ އެންމެހައި ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާން ފުރުޞަތު ހުޅުވާލައިފައިވަނީ ރޭ އިލެކްޝަންސް ކޮމިޝަނުގެ ކުލައާ ލޯގޯ އިފްތިތާޙް ކުރުމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ޙަފްލާއެއްގައެވެ.

އެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ސިޔާސީ ޕާޓީތަކަށް އެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ.

މަޖިލިސް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލިއިރު ސިޔާސީ ބައެއް ޕާޓީތަކުން ވަނީ އިންތިޚާބުގައި ވާދަކުރުމަށްޓަކައި މެންބަރުންނަށް ޓިކެޓުވެސް ދީފައެވެ. އަދި ބައެއް ޕާޓީތަކުން ވަނީ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ މެދުގައި ޕްރައިމަރީއެއް ބާއްވާ ޓިކެޓު ދޭނެ ފަރާތްތައް ކަނޑައަޅާފައެވެ.

މަޖިލިސް އިންތިޚާބުގައި 264،589 މީހުންނަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މާދަމާ ވޯޓަރސް ލިސްޓު ޢާއްމު ކުރާނެ ކަމަށް އިލެކްޝަނުން ބުނެއެވެ.

ޓެގް

އެލެކްޝަންސް މަޖްލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.