ޚަބަރު

ޤާނޫނުތައް ތަންފީޒު ކުރުމުގައި ފަހެއް ނުޖެހޭނަން – ރައީސް

ދީނީ އެކި ޝިއާރުތަކުގައި ސޯޝަލް މީޑިއާގައި ބަސްހުސްކުރެވި ހަލަބޮލިކަމެއްގެ ތެރެއަށް ދާތަން ފާހަގަކުރެވޭ ކަމަށާއި، ދީނުގެ ނަމުގައި ބަހުސެއް ކުރެވެމުންދާއިރު ޤާނޫނުތައް އެބަހުރިކަމަށާއި އަދި އެ ޤާނުނުތައް ތަންފީޒްކުރުމަށް ފަސް ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ދީނާއި ޚިލާފު ޢަމަލުތަކާއި، ދީނުގެ ނަމުގައި ހައްދު ފަހަނައަޅާދިއުމަށް ފުރުސަތު ނުއްދްވާނެ ކަމަށެވެ. ރާއްޖޭގެ ދީނަކީ އިސްލާމްދީންކަން ގާނޫނު އަސާސީގައި ލިޔެވިފައިވާ ކަމަށާއި އިސްލާމްދީނާ ހިލާފަށް ހިންގާ އެއްވެސް ކަމަކަށް ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ދީނުގެ ނަމުގައި ހައްދުފަހަނައަޅާދާ ކަންކަމަކީ ރާއްޖެ ހަމަނުޖެހުމަކަށް ދާނެކަމަކަށްވާތީ އެފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި ހަމަޖެހުން އޮތުމަކީ ތަރައްޤީއަށްޓަކައި ވަރަށް މުހިންމުކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއްވެސް ފަރާތަކުން ރާއްޖޭގެ ހަމަނުޖެހުން ނަގާލުމަށްޓަކައި އެއްވެސްކަމެއް ކުރުމަކީ އެމަނިކުފާނު އެދިލައްވާ ކަމެއް ނޫންކަމަށެވެ.

“ޤާނޫނުތައް ހިންގުމަށް ވެރިކަމަށް އައިސް މިތިބީ ރައްޔިތުން ހަވާލުކުރި މަސައްކަތަކީ އެއީ. އިރާދަކުރެއްވިއްޔާ އެ މަސަްކަތް އެގޮތުގައި ކުރިއަށް ގެންދާނަން. އަޅުގަނޑުމެންގެ ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް އަޅުގަނޑުމެންގެ ދީނަކީ ކޮބައިކަން. އަޅުގަނޑުމެން އުޅޭންވީ ގޮތަކީ ކޮބައިކަން. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވަރަށް ސާފުކޯށް އެބައޮތް. ސަރުކާރުގެ ސިޔާސަތަކީވެސް އެއީ. އެއާ ޚިލާފަށް ހިންގާ އެއްވެސް ކަމަކީ އަޅުގަނޑުމެން އެއަށް ފުރުސަތު ދޭނެކަމެއް ނޫން،” ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވާއިރު، ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ދީނީ އެކި ޝިއާރުތަކާމެދު ޚިޔާލުތަފާތުކޮށް އަންނަނީ ބައެއް ހަމަނުޖެހުންތައްވެސް ހިނގަމުންނެވެ. އެ ހަމަނުޖެހުންތަކަށް ފުރުސަތު ނުދޭނެކަމަށް ފުލުހުންވެސް ދާދިފަހުން ވިދާޅުވެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close