ޚަބަރު މައުމޫން ރިފޯމް މޫވްމެންޓުގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް 108 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފި

މައުމޫން ރިފޯމް މޫވްމެންޓުގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް 108 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް މައުމޫންގެ ތާއީދާއެކު 108 ފަރާތަކުން އިންތިޚާބުގައިވާދަކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފިކަމަށް މައުމޫން ރިފޯމް މޫވްމެންޓު (އެމް.އާރު.އެމް) އިން ބުނެފިއެވެ.

ޝައުގުވެރިކަން ފާޅުކޮށްފައިވަނީ 80 ދާއިރާއަކުން ވާދަކުރުމަށް ކަމުގައި އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވިއެވެ.

ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހު ކަމަށްވާއިރު މާދަމާއިން ފެށިގެން އިންޓަރވިއުތައް ކުރުމަށް ތައްޔާރުވަމުން ދާކަމަށް އަލީމް ވިދާޅުވިއެވެ. އެގޮތުން މިމަހުގެ 25 ގެ ކުރިން މިހުރިހާ ފަރާތްތަކާއެކު އިންޓަރވިއުކޮށް ނިންމާލެވޭނެ ކަމަށް އަލީމް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މައުމޫން ވައުދުވެވަޑައިގެންފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގޮނޑިގެއްލުނު ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންގެ ދާއިރާތަކަށް އެ މެމްބަރުން ނިކުމެވަޑައިގަންނަވާނަމަ އެމްއާރުއެމްއިން އެ ދާއިރާތަކުން ނުނިކުންނާނެ ކަމަށްވެސް އަލީމް ވިދާޅުވިއެވެ.

އަލީމް ވިދާޅުވީ އެމްއާރުއެމްގެ ފަރާތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ދާއިރާތައް ކަނޑައަޅާނީ ކޯލިޝަންގައި ހިމެނިވަޑައިގެންނަވާ ލީޑަރުންގެ މަޝްވަރާގެމަތިން ކަމަށެވެ.

ސަރުކާރު ކޯލިޝަންގެ ހުރިހާ ޕާޓީތައް އެކުގައި މަޖިލީހުގެ އިންތިހާބުގައި ވާދަކުުރުމަށް ބޭއްވި މަޝްވަރާތަކުން އަދި ވަނީ އަލިމަގެއް ނުފެނިއެވެ. އެމްޑީޕީއިން ނިންމާފައިވަނީ، މަޖިލީހުގެ 85 ދާއިރާއަށް ނިކުތުމަށެވެ. އަދި އެ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތައް ހޮވުމަށް، އެތެރޭގެ ޕްރައިމަރީ ބާއްވަން ދަނީ ތައްޔާރު ވަމުންނެވެ.

ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވަނީ އެ ޕާޓީތަކުގެ ޓިކެޓްގައި މަޖިލީސް އިންތިޚާބުގައި ވާދަކުރާނެ ފަރާތްތައް ހޯދުމަށް އިއުލާން ކޮށްފައެވެ.

ޓެގް

އެމްއާރުއެމް މައުމޫން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.