ޚަބަރު މަޖްލިސް އިންތިޚާބުގައި ވާދަކުރުމަށް އެދޭފަރާތްތައް ނަންނޯޓްކުރުމުގެ ފުރުޞަތު އެމްއާރއެމް އިން ހުޅުވާލައިފި

މަޖްލިސް އިންތިޚާބުގައި ވާދަކުރުމަށް އެދޭފަރާތްތައް ނަންނޯޓްކުރުމުގެ ފުރުޞަތު އެމްއާރއެމް އިން ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައުމޫން ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފަރާތުން ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ ހަރާކާތް ކަމުގައިވާ އެމްއާރުއެމް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމްއާރްއެމް ގެ ފަރާތުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އަށް ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން މި ޖެނުއަރީމަހުގެ 10 ވަނަދުވަހުގެ ކުރިން 7965444 އަށް ގުޅައި ނޫނީ އެސްއެމްއެސްއަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ނަން ނޯޓް ކުރުމަށް އެދޭ ކަމަށެވެ.

އެމްއާރުއެމްގެ ފަރާތުން މަޖިލީހަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ވަނީ ވަކިން މަޖިލީހުގެ 85 ދާއިރާއަށް ވާދަކުރާނެކަމަށް ނިންމާފައެވެ.

އަދި އެމްޑީޕީގެ ފަރާތުންވަނީ އެ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތައް ހޮވުމަށް، ބާއްވާ އެތެރޭގެ ޕްރައިމަރީ މި ޖެނުއަރީ މަހުގެ 20 ވަނަދުވަހު ބޭއްވުމަށް ނިންމައިފަ އެވެ.

ޓެގް

މައުމޫން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.