ޚަބަރު އިންތިޚާބުތަކުގެ ކަންކަން ހަރުދަނާކުރުމަށް އީސީ އާއި ފުލުހުން މަޝްވަރާކޮށްފި

އިންތިޚާބުތަކުގެ ކަންކަން ހަރުދަނާކުރުމަށް އީސީ އާއި ފުލުހުން މަޝްވަރާކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރިއަށްހުރި އިންތިޚާބުތަކުގެ ކަންކަން ހަރުދަނާކުރުމަށާއި، އަދިވަކިން ޚާއްޞަކޮށް ކުރިއަށް އޮތް ރައްޔިތުންގެ މަޖްލިސް އިންތިޚާބުގެ ކަންކަން ހަރުދަނާކުރުމަށް އީސީއާއި، ފުލުހުން މަޝްވަރާތަކެއް ކޮށްފިއެވެ.

އެމަޝްވަރާތަކުގެތެރޭގައި ބޮޑަށް ވާހަކަ ދެކެވުނީ ވޯޓުކަރުދާސް ޕްރިންޓްކުރާ ތަނުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކޮށް ކުރިއަށްއޮތް އިންތިޚާބުގައި ފުލުހުންގެ ދައުރު އިތުރަށް ފުޅާކުރުމަށެވެ.

މި މަޝްވަރާތަކުގައި އީސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެ ކޮމިޝަންގެ މެންބަރުންނެވެ. އަދި ފުލުހުންގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި މަޝްވަރާތަކުގައި ވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަން އިންތިޒާމްކުރުމުގައި އިތުރަށް ފުލިހުންގެ ދައުރު ފުޅަކޮށް، ވޯޓުލާ މަރުކަޒުތަކުގައި ސެކިއުރިޓީ ވަރުގަދަކުރުމަށްކަމަށް މަޝްވްރާ ކޮށްފައިކަމަށް އީސީން ބުނެއެވެ.

އަދި ފާއިތުވި ރިޔާސީ އިންތިޚާބުގައި ފުލުހުންނަށް ފާހަގަކުރެވުނު ކަންކަން އިޞްލާހުކޮށް ރީ-ރަޖިސްޓްރޭޝަން މަރުހަލާގައިވެސް ފުލުހުންނަށް ފަސޭހަކޮށްދިނުމަށް ކޮށްދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށް އީސީގެ މެންބަރު އަޙްމަދު އަކުރަމް ވިދާޅުވިއެވެ.

މީގެ އިތުރުން ޚާއްޞަ ކަމެއްގެ ގޮތުގައި ވޯޓު ކަރުދާސް ޕްރިންޓްކުރާ ތަނުގައި އެއްވެސް ފަރާތަކަށް ތުހުމަތުކުރެނޭ އެއްވެސް ކަމެއް ހިނގިޔަނުދީ އިތުރަށް އެކަންކަން ހަރުދަނާނާކޮށް ފުލުހުންގެ ދައުރު ފުޅާކުރުމަށް މަޝްވަރާކުރިކަމަށް އަކުރަމް ވިދާޅުވިއެވެ.

މިކަންކަމުގައި ފުލުހުންގެ ފަރަތުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދީފައިވާއިރު، ފުލުހުންނާއި، އިލެކްޝަންސް ކޮމިޝަން ވަރަށް އަވަހަށް މިކަމާގުޅޭ އެމްއޯޔޫ އެއްގައި ސޮއިކުރާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން ކެޑޭޓުންނާއެކުވެސް މަޝްވަރާކޮށްފައިވާކަމަށް އަކުރަމް ވިދާޅުވިއެވެ. އެގޮތުން ފާއިތުވި އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ކިއު ބޮޑުވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކޮށް، ކިއުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމަށް، ކެޑޭޓުންނާއި ސްކައުޓުން އަދި ގާރލް ގައިޑުންގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާކަމަށް އީސީގެ މެންބަރު އަޙްމަދު އަކުރަމް ވިދާޅުވިއެވެ.

ޓެގް

އެލެކްޝަންސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.