ޚަބަރު ޤާސިމް ވިދާޅުވި މެޖިކް ފޯމިއުލާއެއް ނުނެރެވުނު، 87 ދާއިރާއަށްވެސް އެމްޑީޕީން ވާދަކުރާނެ

ޤާސިމް ވިދާޅުވި މެޖިކް ފޯމިއުލާއެއް ނުނެރެވުނު، 87 ދާއިރާއަށްވެސް އެމްޑީޕީން ވާދަކުރާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ އަހަރު މާރިޗުމަހު ފަހުކޮޅު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި ކޯލިސަނުން ވާދަކުރާނެ ދާއިރާތަކުގެ ނިސްބަތް ކަނޑައެޅުމުގައި 4 ލީޑަރުން އެއްބަސްވެވަޑައިގަންނަވާނީ ރައްޔިތުން މާޔޫސްނުވާ ފަދަ މެޖިކް ފޯމިއުލާއެއް ކަމަށް ރައްޔިތުންގެ މަޖްލިސްގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވެފައި ވަނިކޮށް ، ހުރިހާ ދާއިރާއަކަށްވެސް އެމްޑީޕީން ވާދަކުރާ ގޮތަށް އެޕާޓީގެ ޤައުމީ މަޖްލިސްއިން ނިންމައިފިއެވެ.

އިންތިޚާބީ 87 ދާއިރާއަށް ވެސް އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރުމަށް އެޕާޓީގެ ޤައުމީ މަޖިލީހުންނިންމީ މާބްލް ހޮޓަލުގައި ރޭ ބޭއްވި އެޕާޓީގެ 169 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާއިންނެވެ. އެމްޑީޕީން ހުރިހާ ދާއިރާއެއްގެ ގޮނޑިއަށް ވާދަކުރުމަށް ހުށަހެޅީ އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނުގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒެވެ. މި ހުށަހެޅުން ފާސްވީ ޖަލްސާގައި ބައިވެރިވި 80 މީހުންގެ ތެރެއިން 79 މީހުން ތާއިދު ލިބިގެންނެވެ.

މިއީ އެންމެ ފުރަތަމަ ވެސް ރައީސް ނަޝީދު ބޭނުންފުޅުވި ގޮތެވެ. ޤައުމީ މަޖިލީހުގެ މި ނިންމުމަކީ ކޯލިޝަން ދަމަހައްޓަން ބާރު އަޅަމުން އެމްޑީޕީގެ މަސްލަޙަތާއި މަންފާއަށް އިސްކަންދީގެން ނިންމި ނިންމުމެއް ކަމަށް އެޕާޓީން ބުނެއެވެ.

އެމްޑީޕީގެ މި ނިންމުމުގެ ސަބަބުން ކޯލިޝަން ރޫޅިގެން ހިނގައިދާނެކަމަށް ބެލެވެއެވެ.  އެމްޑީޕީގެ މިމިންމުމުގެ ސަބަބުން އެހެން ޕާޓީތަކުން ވެސް ހުރިހާ ދާއިރާއަކަށް ވާދަކުރާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީން މިގޮތަށް ނިންމިކަމެއް އަދި ރަސްމީކޮށް އެޕާޓީއަކުންވެސް އަދި އެހެން އިދާރާއަކުންވެސް ހާމައެއް ނުކުރެއެވެ.

ޓެގް

ޤާސިމް އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.