ކުޅިވަރު ހާލަންޑް ލަނޑު ޖެހި ނަމަވެސް ނޯވޭ ބަލިކޮށް ޕޯޗުގަލް ގްރޫޕުގެ އެއްވަނައަށް!

ހާލަންޑް ލަނޑު ޖެހި ނަމަވެސް ނޯވޭ ބަލިކޮށް ޕޯޗުގަލް ގްރޫޕުގެ އެއްވަނައަށް!

ހާލަންޑް ލަނޑު ޖެހި ނަމަވެސް ނޯވޭ ބަލިކޮށް ޕޯޗުގަލް ގްރޫޕުގެ އެއްވަނައަށް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް "ޑީ" ގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ނޯވޭގެ މައްޗަށް 2-1 އިން ކުރިހޯދައި، ތާވަލުގެ އެއްވަނަ މަގާމަށް ޕޯޗުގަލް ޖެހިލައިފިއެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޕޯޗުގަލުންނެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޔާއޯ ފެލިކްސް ވަނީ ފުރަތަމަ ހާފުގައި އެ ޓީމަށް ކުރިހޯދައިދީފައެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ، ނޯވޭގެ ތަރި އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 65 ވަނަ ލަނޑުގެ އިތުރުން، ނޭޝަންސް ލީގުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި އޭނާ ޖެހި 22 ވަނަ ލަނޑެވެ.

ނޯވޭއިން ނަތީޖާ އެއްވަރުކުރި ނަމަވެސް، އޭގެ އެންމެ ތިން މިނެޓު ފަހުން ޕޯޗުގަލުން އަލުން ލީޑު ނެގިއެވެ. މި ލަނޑަކީ ނޯވޭގެ ކީޕަރު އޯރްޔާން ނީލަންޑަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި، ގޮންކާލޯ ރާމޮސް ޖެހި ހިތްގައިމު ޗިޕް ގޯލެކެވެ. މެޗުގައި ރަފައެލް ލެއާއޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވި އިރު، ކީޕަރު ނީލަންޑްގެ އިތުރު ގޯހަކުން ރާމޮސް ޖެހި އެހެން ލަނޑެއް ވީއޭއާރުން ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

ކެރިއަރުގައި 1،000 ލަނޑު ހަމަކުރުމަށް އެންމެ 21 ލަނޑަށް ބޭނުންވެފައިވާ އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗު އެއްކޮށް ހޭދަކުރީ ބެންޗުގައެވެ. މީގެއިތުރުން، އަނިޔާގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވެސް މި މެޗުގައި ޕޯޗުގަލްގެ ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ.

ޓެގް

ޔުއެފާ ނޭޝަންސް ލީގު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.