ޚަބަރު ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާޙު ގެނެސް ޕެރޯލް ނިޒާމު އިތުރަށް ވަރުގަދަކުރަނީ

ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާޙު ގެނެސް ޕެރޯލް ނިޒާމު އިތުރަށް ވަރުގަދަކުރަނީ

ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާޙު ގެނެސް ޕެރޯލް ނިޒާމު އިތުރަށް ވަރުގަދަކުރަނީ
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން -- ފޮޓޯ: ރައީސް އޮފީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެނެސް، ރާއްޖޭގެ ޕެރޯލް ނިޒާމު އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، 2013 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު އިސްލާޙުކުރަންޖެހެނީ އޭގެ ފަހުން މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ކަމަށެވެ. އެގޮތުން ޑްރަގް ޓްރެފިކިންގެ ބޮޑެތި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ ކުށްވެރިން ޕެރޯލްގެ ދަށުން މުޖުތަމަޢަށް ދޫވެގެން ދިއުމުގެ ފުރުޞަތު ނުދިނުމަށްޓަކައި ޤާނޫނީ އިޖުރާޢަތުތައް ސާފުކޮށް ބަޔާންކުރަންޖެހޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކޮމްޕްރޮމައިޒްވާނެ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން ދެއްވަމުން ވަޒީރު ވިދާޅުވީ، ބޮޑެތި ކުށްތައް ކުރާ މީހުން މުޖުތަމަޢަށް ނެރުމުގައި އެއްވެސް ޝޯޓްކަޓެއް ނުނަގާނެ ކަމަށެވެ. އަދި މިފަދަ ނުރައްކާތެރި ކުށްތަކުގައި ހިމެނޭ މީހުންނަށް ލުއިދީގެން ދޫކޮށްލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޤާނޫނު ނަންބަރު 14/2013 (ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ޕެރޯލް ބޯޑުން ބަލަހައްޓާ މި ނިޒާމަކީ، ޖަލުގައި ހުކުމް ތަންފީޒުކުރާއިރު އަޚުލާޤު ރަނގަޅު، ޝަރުތު ހަމަވާ ގައިދީންނަށް އެމީހުންގެ ހުކުމުގެ ބާކީބައި މުޖުތަމަޢުގައި ހުރެގެން ތަންފީޒުކުރަން ދެވޭ ފުރުޞަތެކެވެ.

ޕެރޯލްގެ ދަށުން ދޫކުރެވޭ މީހުން ކަނޑައެޅިފައިވާ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ، ނުވަތަ އިތުރު ކުށެއް ކޮށްފިނަމަ، އެ މީހެއްގެ ޕެރޯލް ބާތިލުކޮށް އަލުން ޖަލަށް ބަދަލުކުރުމުގެ ފުރިހަމަ ބާރު ޤާނޫނުން ޕެރޯލް ބޯޑަށް ލިބިދީފައިވެއެވެ.

ޓެގް

އަލީ އިޙްސާން ޕެރޯލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.