ޚަބަރު ރާއްޖެ ފެހިކުރުމުގެ ބިޔަ މަޝްރޫޢަށް 20 ރަށެއްގައި ޚާއްސަ ނާސަރީތަކެއް ހަދަނީ

ރާއްޖެ ފެހިކުރުމުގެ ބިޔަ މަޝްރޫޢަށް 20 ރަށެއްގައި ޚާއްސަ ނާސަރީތަކެއް ހަދަނީ

ރާއްޖެ ފެހިކުރުމުގެ ބިޔަ މަޝްރޫޢަށް 20 ރަށެއްގައި ޚާއްސަ ނާސަރީތަކެއް ހަދަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ފަށާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢަށް ބޭނުންވާ ގަސްތައް ރާއްޖެއިން އުފެއްދުމަށްޓަކައި، ރާއްޖޭގެ 20 ރަށެއްގައި ޚާއްސަ ނާސަރީތަކެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ އަލީ ޝަރީފް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެކި ސަރަޙައްދުތަކުން 2.3 މިލިޔަން ގަސް އިންދާފައިވާ ކަމަށާއި، ނަމަވެސް ބޭރުން ގަސް އިމްޕޯޓް ކުރުމުގައި ދިމާވާ ދަތިތަކާއި އުނދަގޫތަކުގެ ސަބަބުން ރާއްޖޭގައި އަމިއްލައަށް ގަސް ހެއްދުން އިތުރުކުރުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށެވެ.

މި ނާސަރީތައް ޤާއިމުކުރުމަށް ކައުންސިލްތަކާ ޙަވާލުކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު 20 ރަށަކާއެކު ސޮއިކޮށްފައިވާ ކަމަށާއި، ބައެއް ރަށްރަށުގައި މިހާރު ވެސް އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ނާސަރީތަކުން އަހަރަކު 50،000 ގަސް ލިބޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ ރާއްޖޭގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ފެހިކޮށް ބޭއްވުމަށް ލިބިގެންދާނެ މުހިންމު ކުރިއެރުމަކަށް ވާނެއެވެ. މީގެ އިތުރުން، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ވެސް ބޮޑު ނާސަރީއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު ވެސް އެ މަސައްކަތުގެ 30 އިންސައްތަ ނިމިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހުޅުމާލޭގެ ފޭސް ދޭއް އަދި ފޭސް ތިނެއްގެ ހަނަފަސް ސަރަހައްދުތައް ފެހިކުރުމަށް ބޭނުންވާ ގަސް ޑިމާންޑާ އެއްގޮތަށް މެދުނުކެނޑި މި ނާސަރީން ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ފެއްޓެވި މި ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އާލާކޮށް، ތިމާވެށީގެ ނިޒާމު ރައްކާތެރިކުރުމަށް ކުރިއަށްގެންދާ ޤައުމީ މުހިންމު މަޝްރޫޢެކެވެ.

ޓެގް

ތިމާވެށި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.