ޚަބަރު ގިރާވަރުފަޅު ބޭރު ކަނޑުގެ އަޑީގައި ފެން އުފައްދާ ޕްލާންޓެއް ގާއިމުކުރަނީ

ގިރާވަރުފަޅު ބޭރު ކަނޑުގެ އަޑީގައި ފެން އުފައްދާ ޕްލާންޓެއް ގާއިމުކުރަނީ

ގިރާވަރުފަޅު ބޭރު ކަނޑުގެ އަޑީގައި ފެން އުފައްދާ ޕްލާންޓެއް ގާއިމުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގިރާވަރުފަޅާ ދިމާ ބޭރު ކަނޑުގެ 500 މީޓަރު އަޑީގައި ޒަމާނީ ފެން އުފައްދާ ޕްލާންޓެއް ގާއިމުކުރުމުގެ މަޝްރޫއެއް ފެށުމަށް އެމްޑަބްލިޔުއެސްސީން ތައްޔާރުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ކާމިޔާބުކަމާއެކު ބޭނުންކުރަމުން އަންނަ މި ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފު ކުރުމަށް ބޭނުންވާ ސާވޭތައް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.

ދުނިޔޭގެ މި ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އާންމުކޮށް ބޯހޯލުން ނަގާ ލޮނަށްވުރެ ކަނޑުގެ ފުންމަޑު ސަރަހައްދުތަކުން ނަގާ ލޮނު މާބޮޑަށްވެސް ސާފުވާނެ ކަމަށާއި، އޭގައި އޯގަނިކް މެޓީރިއަލްސް މަދުވުމުގެ ސަބަބުން ފެން އުފެއްދުމުގެ އެފިޝިއެންސީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ކުރިން ބައެއް ފަރާތްތަކުން ސުވާލު އުފެއްދި ނަމަވެސް، މިއީ ރާއްޖޭގައި ފެން އުފެއްދުމުގެ ގާބިލުކަން އެތައް ގުނައެއް ހަރުދަނާކޮށްދީ، މި މަސައްކަތަށް ހިނގާ ހަރަދުތައް ބޮޑުތަނުން ކުޑަކޮށްދޭނެ ކާމިޔާބު މަޝްރޫއަކަށް ވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

ޓެގް

އެމްޑަބްލިއުއެސްސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.