ޚަބަރު ޤަވާޢިދާ ޚިލާފަށް ވޭޕް ވިއްކައި މަނީ ލޯންޑަރކުރާ ކަމުގެ ތުހުމަތުގައި ގިނަ ޢަދަދެއްގެ ވޭޕް ކާޓްރިޖް ފުލުހުން އަތުލައިގެންފި

ޤަވާޢިދާ ޚިލާފަށް ވޭޕް ވިއްކައި މަނީ ލޯންޑަރކުރާ ކަމުގެ ތުހުމަތުގައި ގިނަ ޢަދަދެއްގެ ވޭޕް ކާޓްރިޖް ފުލުހުން އަތުލައިގެންފި

ޤަވާޢިދާ ޚިލާފަށް ވޭޕް ވިއްކައި މަނީ ލޯންޑަރކުރާ ކަމުގެ ތުހުމަތުގައި ގިނަ ޢަދަދެއްގެ ވޭޕް ކާޓްރިޖް ފުލުހުން އަތުލައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤަވާޢިދާ ޚިލާފަށް ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް އަދި މަނީ ލޯންޑަރިންގ ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ ވޭޕް ކާޓްރިޖާއި ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި އޮޕަރޭޝަނަކީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ސެޕްޓެމްބަރު 21 ގައި ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި މަގުމަތިން ދެ ފިރިހެނުން ހުއްޓުވައި ސުވާލުކުރުމަށްފަހު، އެމީހުން ދުއްވި ސައިކަލާއި އެމީހުންނާ ގުޅުންހުރި “އަމާން އުދަރެސް” ފްލެޓުގެ އެޕާޓްމަންޓެއް ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ. މި ބަލައި ފާސްކުރުމުގެ ތެރެއިން 156 ވޭޕް ކާޓްރިޖާއި، ނެނޯ ސްޓިކްގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ވަނީ ފެނިފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. އަދި ޤަވާޢިދާ ޚިލާފަށް އެތެރެކުރާ ދުންފަތާއި ވޭޕްގެ ބާވަތްތައް ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މާލެއާއި އަތޮޅުތަކުގައި ސިލްސިލާ އޮޕަރޭޝަންތައް އަންނަނީ ހިންގަމުންނެވެ.

ޓެގް

ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.