ޚަބަރު ދުބާއީގެ ވެރިޔާގެ އަޚް އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

ދުބާއީގެ ވެރިޔާގެ އަޚް އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

ދުބާއީގެ ވެރިޔާގެ އަޚް އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އަޚް ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޝައިޚް އަޙްމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މި ހިތާމައިގައި ބައިވެރިވެވަޑައިގެން، ޔޫއޭއީގެ ނައިބު ރައީސަށާއި އެމަނިކުފާނުގެ އާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާފައިވެއެވެ.

ރައީސްގެ މެސެޖުގައި، އަވަހާރަވި ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ފުރާނަފުޅަށް ދާއިމީ އާމާންކަން މިންވަރުކުރައްވައި، ޖަންނަތުލް ފިރްދައުސްގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާކުރެއްވިއެވެ. މީގެއިތުރުން، މި ހިތާމަވެރި ދަނޑިވަޅުގައި ޔޫއޭއީގެ ނައިބު ރައީސަށާއި، އެއާއިލާއަށް އަދި ޔޫއޭއީގެ އެންމެހައި ރައްޔިތުންނަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރުކުރެއްވުން އެދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ދުޢާ ދަންނަވާފައިވެއެވެ.

ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވުމާ ގުޅިގެން ދުބާއީގައި ރަސްމީކޮށް ހިތާމައިގެ 10 ދުވަސް އިއުލާންކޮށްފައިވާއިރު، ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ ގާތް އަޚުވަންތަ ގުޅުމުގެ ތެރެއިން އެޤައުމަށް ދިމާވާ މިފަދަ ހިތާމަވެރި ކަންކަމުގައި ދިވެހިރާއްޖެއިން އަބަދުވެސް ބައިވެރިވެއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.