ކުޅިވަރު ސިޓީން ލީގުގެ އެއްވަނާއި ތަފާތުބޮޑުކޮށް، ލިވަޕޫލް މޮޅުވެ ޔުނައިޓެޑަށް އެއްވަރުވުމެއް

ސިޓީން ލީގުގެ އެއްވަނާއި ތަފާތުބޮޑުކޮށް، ލިވަޕޫލް މޮޅުވެ ޔުނައިޓެޑަށް އެއްވަރުވުމެއް

ސިޓީން ލީގުގެ އެއްވަނާއި ތަފާތުބޮޑުކޮށް، ލިވަޕޫލް މޮޅުވެ ޔުނައިޓެޑަށް އެއްވަރުވުމެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 5-3 އިން ކާމިޔާބުކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނާގައު ހަމަ ޖެހިލައިފިއެވެ.

މި ހަފުތާގައި ކުރިން އެއްވަނައިގައި އޮތް އާސެނަލް ބަލިވުމުގެ ފައިދާ ނަގައި، ސިޓީން ވަނީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހަމަކޮށްފައެވެ.

އަމިއްލަ ދަނޑުގައި ސިޓީން ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އެންޒޯ ފެނާންޑޭޒް، ރަޔަން ޗާކީ، އާލިން ހާލަންޑް އަދި ދެ ގޯލް ކާމިޔާބުކުރި އެންޓޮއިން ސެމެންޔޯ އެވެ. މި މެޗުގައި ސަންޑަލޭންޑްގެ ބްރައިން ބްރޮބޭ ވަނީ މޮޅު ކުޅުމެއް ދައްކައި ހެޓްރިކް ފުރިހަމަކޮށްފައެވެ.

ރަށުން ބޭރުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް ލިވަޕޫލުން ވަނީ މުހިންމު ތިން ޕޮއިންޓް ހޯދާފައެވެ. ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ހަމަލާތަކެއް ފެނިގެންދިޔަ މި މެޗުގައި ލިވަޕޫލްގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކުރީ އެލެކްސެންޑާ އިސާކެވެ. މި މޮޅާއެކު ލިވަޕޫލް އޮތީ ނުވަ ޕޮއިންޓާއެކު ހަވަނައިގައެވެ.

މެންޗެސްޓާ ޔުނައިޓެޑުން ރަށުން ބޭރުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ދެވަނަ ހާފުގައި ލިސާންޑްރޯ މާޓިނޭޒް އަތުން ބައިކޮޅަށް ވަން ގޯލުން ފުލަމް ކުރީގައި އޮއްވައި، މެޗުގެ 89 ވަނަ މިނެޓުގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ މަތެއަސް ކުންޏާ އެވެ. މި ނަތީޖާއާއެކު ފަސް ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ 12 ވަނައިގައެވެ.

ޓެގް

ޕްރިމިއަރލީގް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.