މި ސަރުކާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރުކަން ވެސް ކުރެއްވި ޑރ. މަރިޔަމް މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.
މި މަގާމަށް އެ ކަމަނާ އައްޔަންކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގ ކަމަށާއި، މިހާރު އެ މަގާމުގެ މަސައްކަތްތަކަށް ނުކުންނަވަން ފައްޓަވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.މި ސަރުކާރުގައި އެންމެ ފުރަތަމަ މާރިޔާ އަދާކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމެވެ. އޭގެ ފަހުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތް ނަމަވެސް، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ސަރުކާރުގެ 10 ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް މިހާރު ވަނީ ސަރުކާރުގެ އެކި ދާއިރާތަކުން އިސް މަގާމުތައް ދެއްވާފައެވެ. ޑރ. މާރިޔާއަށް އަލުން ސަރުކާރުގެ މުހިންމު މަގާމެއް ލިބިވަޑައިގަތުމާއެކު، އެ ކަމަނާގެ ތަޖުރިބާގެ ބޭނުން ފޮރިން މިނިސްޓްރީގެ ދާއިރާއިން ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...