ފޯޅަވަހީގެ ސިޔާދަތީ މައްސަލާގައި އިނގިރޭސިވިލާތާއެކު ރަސްމީ މަޝްވަރާތަކެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ބޮޑުވަޒީރަށް ރަސްމީކޮށް ދަޢުވަތު އަރުއްވައިފިއެވެ.
ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ބޮޑުވަޒީރަށް ފޮނުއްވި ޚާއްޞަ ސިޓީފުޅެއްގައި، އެ ރަށްތަކަކީ ތާރީޚީ އަދި ޖިއޮގްރާފީ ގޮތުންވެސް ރާއްޖެއާ ވަރަށް ބޮޑަށް ގުޅިފައިވާ އަދި މާކަނޑުގައި އޮތް ސަރަޙައްދެއްކަން ވަނީ ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް ފޯޅަވަހީގެ ކޮންޓްރޯލް މޮރިޝަސްއާ ޙަވާލުކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކާ މެދު ރާއްޖޭގެ ކަންބޮޑުވުންތައް އެ މަނިކުފާނު ވަނީ ސިޓީފުޅުގައި ތަފްޞީލުކޮށް ބަޔާންކުރައްވާފައެވެ.
މި މައްސަލައިގައި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކުރެވޭނެ އުޞޫލަކުން އިނގިރޭސި ސަރުކާރާއެކު ގާތުން މަސައްކަތްކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...