ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާދަކުރައްވަން ނިންމަވާފައިވާ އިރު، މި އިންތިހާބުގައި ފައްޔާޒަށް ފުރިހަމައަށް ތާއީދުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެސްއެސްޓީވީގެ ‘ބާރު ހަތަރެއް’ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ޕްރައިމަރީގައި ވާދަކުރެއްވި ނަމަވެސް، އެ މަނިކުފާނުގެ ތާއީދު އޮންނާނީ ފައްޔާޒަށް ކަމަށާއި ސޯލިހު އެ މަގާމަށް ކުރިމަތިލައްވަން ޖެހޭ ސަބަބެއް އެ މަނިކުފާނަށް ނުވިސްނޭ ކަމަށެވެ. އަދި ޕްރައިމަރީގެ ފަހު ވަގުތު ކަރުދާސްކޮޅުގައި ނަޝީދުގެ ނަން އޮންނާނެ ކަމަށް ދެކެވޭ ވާހަކަތައް އެ މަނިކުފާނު ވަނީ ހަރުკަށިކޮށް ދޮގުކުރައްވާފަ އެވެ.
ގައުމުގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ‘ބޮޑު ބަދަލު’ ގެ ނަމުގައި ނަޝީދާއި ފައްޔާޒު ދަނީ އެކުގައި ވަރަށް ފޯރީގައި ކެމްޕޭނެއް ހިންގަމުންނެވެ. މި ބަދަލުގެ ދަށުން ސަރުކާރު ހިންގުމުގެ އެންމެ އިސް ވެރިއަކަށް ނުވަތަ ބޮޑުވަޒީރެއްގެ ގޮތުގައި ފައްޔާޒު ހުންނަވަން ފެންނަ ކަމަށާއި، ދައުލަތުގެ ރައީސް ނުވަތަ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހުންނަވަން ބޭނުންފުޅުވަނީ އަމިއްލަފުޅަށް ކަމަށް އެ ބޭފުޅުން ވަނީ ހާމަކުރައްވާފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...