ޚަބަރު ފަތުރުވެރިކަމަށް ހާހަކަށްވުރެ ގިނަ އައު އެނދު ނެރެފި: ޖުމްލަ ކެޕޭސިޓީ 68،544 އަށް އަރައިފި

ފަތުރުވެރިކަމަށް ހާހަކަށްވުރެ ގިނަ އައު އެނދު ނެރެފި: ޖުމްލަ ކެޕޭސިޓީ 68،544 އަށް އަރައިފި

ފަތުރުވެރިކަމަށް ހާހަކަށްވުރެ ގިނަ އައު އެނދު ނެރެފި: ޖުމްލަ ކެޕޭސިޓީ 68،544 އަށް އަރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްקާގޮތުން، މި އަހަރުގެ ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 1،000 އަށްވުރެ ގިނަ އައު އެނދު އިތުރުކޮށްފިއެވެ.

މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް އޮޕަރޭޝަންތަކަށް ނެރެފައިވަނީ 67،475 އެނދު ކަމަށްވީ ނަމަވެސް، މި އަހަރުގެ މިހާތަނަށް އައިއިރު އެ އަދަދު ވަނީ 68،544 އަށް އިތުރުވެފައެވެ. މިއީ މުޅި ސިނާއަތަށް ލިބުނު 1،069 އެނދުގެ ކުރިއެރުމެކެވެ.

މިގޮތަށް ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުތައް ބެހިގެންވަނީ ޖުމްލަ 1،323 ޓޫރިސްޓު ފެސިލިޓީއެއްގެ މައްޗަށެވެ. މީގެ ތެރެއިން އެންމެ ބޮޑުބައި ހިއްސާކުރަނީ ރިސޯޓުތަކެވެ. އެގޮތުތުން 179 ރިސޯޓަކުން 45،891 އެނދު ވަނީ ނެރެފައެވެ. އަދި 956 ގެސްޓުހައުސްއަކުން 17،268 އެނދު، 16 ހޮޓަލަކުން 2،654 އެނދު، އަދި އޮޕަރޭޝަނަށް ގެނެސްފައިވާ 172 ސަފާރީން 3،481 އެނދު ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

މިފަދައިން ފަތުރުވެރިކަމުގެ ވިއުގަ ފުޅާވެގެންދިޔައިރު، ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި ފަތުރުވެރިންގެ ތެރެއިން ގިނަ މީހުން ނުވަތަ 1 މިލިއަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. މީގެއިތުރުން ގެސްޓުހައުސްތަކުގައި 3 ލައްކަ ފަތުރުވެރިން، ހޮޓާތަކުގައި 33،513 ފަތުރުވެރިން، އަދި ސަފާރީތަކުގައި 26،550 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާޢި ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޓެގް

ފަތުރުވެރިކަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.