ޚަބަރު މާލޭގެ އުސް އިމާރާތެއްގެ ޑީ-ބޯޑުގައި ރޯވެ ހިނގި ހާދިސާގައި ދުމުގެ އަސަރުކުރި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފި

މާލޭގެ އުސް އިމާރާތެއްގެ ޑީ-ބޯޑުގައި ރޯވެ ހިނގި ހާދިސާގައި ދުމުގެ އަސަރުކުރި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފި

މާލޭގެ އުސް އިމާރާތެއްގެ ޑީ-ބޯޑުގައި ރޯވެ ހިނގި ހާދިސާގައި ދުމުގެ އަސަރުކުރި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާލޭގެ އުސް އިމާރާތެއްގެ އެޕާޓްމަންޓެއްގެ ކަރަންޓު ޑީ-ބޯޑުގައި ރޯވެ ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދުމުގެ އަސަރުކުރި މީހަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މ. ބާޑްލައިން ގޭގެ 8 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓް ބީގައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.

އަލިފާނުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަގުތުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، އަލިފާންގަނޑު ވަނީ މާބޮޑަށް ފެތުރިގެން ނުދަނީސް ކޮންޓްރޯލްކޮށް އެއްކޮށް ނިއްވާލާފައެވެ.

މި ހާދިސާގައި އެޕާޓްމަންޓްގެ ކަރަންޓު ވިއުގައަށް ގެއްލުންވެ ހިދުމަތް ކެނޑުން ފިޔަވައި، ގޭތެރޭގައި ހުރި އެހެނިހެން މުދަލަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން އެ އެޕާޓްމަންޓުގައި ދިރިއުޅެމުންދިޔަ އާއިލާއަށް ދިމާވި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެންޑީއެމްއޭ އިން ވަނީ ތިން ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ހަމަޖައްސައިދީފައެވެ.

މާލެ ސަރަހައްދުގެ ގޭބިސީތަކުގައި ކަރަންޓު ޝޯޓްވުމުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ދޭތެރެދޭތެރެއިން ހިނގަމުންދާތީ، ކަރަންޓު ވައިރިންގ އަދި ސާމާނު ގަވާއިދުން ޗެކްކޮށް ބެލެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ. އެގޮތުން ދާދިފަހުން ހ. ފަހިވައި ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންވެސް އެ ގޭގައި ދިރިއުޅުނު މީހުންނަށް ކުއްލި އެހީތެރިކަން ފޯރުކޮށްދޭން ޖެހުނެވެ.

ޓެގް

އަލިފާނުގެ ހާދިސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.