ޚަބަރު ރާއްޖޭގައި ކޮންމެ އަހަރަކު ސަރަޙައްދީ ޤުރުއާން މުބާރާތެއް ބޭއްވުމަށް ސަޢޫދީގެ އެއްބާރުލުމަށް އެދިއްޖެ

ރާއްޖޭގައި ކޮންމެ އަހަރަކު ސަރަޙައްދީ ޤުރުއާން މުބާރާތެއް ބޭއްވުމަށް ސަޢޫދީގެ އެއްބާރުލުމަށް އެދިއްޖެ

ރާއްޖޭގައި ކޮންމެ އަހަރަކު ސަރަޙައްދީ ޤުރުއާން މުބާރާތެއް ބޭއްވުމަށް ސަޢޫދީގެ އެއްބާރުލުމަށް އެދިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގައި ކޮންމެ އަހަރަކު ވެސް ބައިނަލްއަޤްވާމީ ފެންވަރުގެ ސަރަޙައްދީ ޤުރުއާން މުބާރާތެއް ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުން ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި، ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމްދީން ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތަކީ ސަރަޙައްދީ ފެންވަރުގައި އަހަރަކު އެއްފަހަރު މެދުކެނޑުމެއްނެތި ބޭއްވޭ މުބާރާތަކަށް ހެދުމާ ގުޅޭގޮތުން ޑރ. ޝަހީމް ވަނީ ސަޢޫދީ ވަޒީރާއެކު ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ.

ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ރަސްމީ ސިޔާސީ ގުޅުން 17 މާރޗް 1981 ގައި ޤާއިމުކުރި ފަހުން، ސަޢޫދީއަކީ ރާއްޖޭގެ ދީނީ އަދި އިޖުތިމާޢީ ތަރައްޤީއަށް މެދުކެނޑުމެއްނެތި ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ.

ޚާއްޞަކޮށް ދިވެހި ޙައްޖާޖީންނަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމާއި، މިސްކިތްތައް ބިނާކުރުމާއި، ދީނީ ޢިލްމުވެރިން ތަމްރީނުކުރުމުގެ އިތުރުން ރާއްޖޭގެ ދަރިވަރުންނަށް ސަޢޫދީ ޔުނިވަރސިޓީތަކުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ފުރުޞަތުތައް ފަހިކޮށްދިނުމުގައި ވެސް ސަޢޫދީ ސަރުކާރުގެ ދައުރު ބޮޑެވެ. މީގެއިތުރުން ސަޢޫދީގައި ބާއްވާ ކިންގް ޢަބްދުލްޢަޒީޒް ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައި ވެސް ކޮންމެ އަހަރަކު ރާއްޖޭގެ ބައިވެރިން އަންނަނީ ބައިވެރިވަމުންނެވެ.

ޓެގް

ސައޫދީ ޑރ.ޝަހީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.