ޚަބަރު މާލޭގެ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރަން ފުޅާ އޮޕަރޭޝަނެއް ފަށަނީ

މާލޭގެ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރަން ފުޅާ އޮޕަރޭޝަނެއް ފަށަނީ

މާލޭގެ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރަން ފުޅާ އޮޕަރޭޝަނެއް ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭ ސިޓީގެ ކުދި ގޯޅިތަކުގައާއި އެކި ސަރަހައްދުތަކުގައި ބިދޭސީން ހިންގަމުންދާ ހޮޓާތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާ މެދު އާންމުންގެ ޝަކުވާ ބޮޑުވެފައިވާތީ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުންނަ އެފަދަ ހުރިހާ ތަނެއް އިންސްޕެކްޓް ކުރުމުގެ ބޮޑު ހަރަކާތެއް ހިންގަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި ސިޓީ ކައުންސިލްގެ އާންމު ޖަލްސާއަށް މި ހުށަހެޅުން ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ހައްވާ ޝިފާނާއެވެ. އޭނާ މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ މާލޭގެ ހަނި ގޯޅިތަކުގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ތަންތަނުގެ ސަބަބުން އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާއި މައްސަލަތައް އިންތިހާއަށް އިތުރުވަމުންދާ ކަމެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)، ފުލުހުން އަދި އިމިގްރޭޝަން ގުޅިގެންނެވެ. އެގޮތުން އެޗްޕީއޭއިން ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަލާއިރު، އިމިގްރޭޝަނުން ބަލާނީ މަސައްކަތްކުރާ ބިދޭސީންގެ ސައްހަކަމެވެ. ފުލުހުންގެ މައިގަނޑު ޒިންމާއަކީ ސަލާމަތީ ކަންކަން ބެލެހެއްޓުމެވެ.

ސިޓީ ކައުންސިލްގެ މައިގަނޑު ދައުރަކީ މި އިދާރާތަކުން ކުރިއަށްގެންދާ އިންސްޕެކްޝަންތައް ގާތުން މޮނީޓަރުކޮށް ބެލެހެއްޓުމެވެ. ކައުންސިލަރު ޝިފާނާ އެދިވަޑައިގެންނެވީ މިއީ ހަމައެކަނި ނަމަކަށް ހިންގާ ހަރަކާތަކަށް ނުހަދައި، އެދެވޭ އަދި ހަގީގީ ނަތީޖާއެއް ނެރެވޭފަދަ މަސައްކަތަކަށް ހެދުމަށެވެ.

ޓެގް

ސިޓީކައުންސިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.