ޚަބަރު

އަމިއްލަ ޖީބުން ބަދަލު ދޭންޖެހޭނީ މިނިސްޓަރު ރާފިއު: ފައްޔާޒު

އޮސްޓްރޭލިއާގެ މަޝްހޫރު ޓްރިބިއުޓް ބޭންޑު “ބިޔޯން އަގެއިން” ސޯޝަލް ސެންޓަރުގައި ބާއްވަން ތައްޔާރުވި މިއުޒިކް ޝޯ ކުއްލި ގޮތަކަށް ސަރުކާރުން ކެންސަލް ކުރުވުމުން، އިންތިޒާމު ކުރި ފަރާތަށް ލިބުނު ބޮޑު ގެއްލުމުގެ ބަދަލު ދައުލަތުން ދިނުމަށްފަހު އެ ފައިސާ ކުޅިވަރާއި ހިދުމަތްތަކާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއުގެ އަތުން ހޯދަންޖެހޭނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިވެންޓު ބޭއްވުމުގެ ހުއްދަ ދީ، އިޝްތިހާރު ކުރާތާ 50 އަކަށް ދުވަސް ވީފަހުން ކުއްލިއަކަށް ސޯޝަލް ސެންޓަރުގެ ތަން އަތުލުމަކީ އިންތިޒާމު ކުރި ފަރާތަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވި ކަމެއް ކަމަށެވެ. އަދި ހުއްދަ ދޫނުކުރިނަމަ އެ ވިޔަފާރިތަކަށް އެހާ ބޮޑު ގެއްލުމެއް ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފަންނުވެރިކަމާއި އަމިއްލަ ވިޔަފާރިތަކަށް މިހާ ބޮޑަށް ގެއްލުންދީ، ދެކޮޅުނުޖެހޭ ވާހަކަތައް ދައްކާ ބަޔަކު މީގެ ކުރިން ފެނިފައިނުވާ ކަމަށް ވިދާޅުވެ، ޝޯ ކެންސަލްކުރި ސާފު ސަބަބު ބުނެދޭން ނުކެރުމުން މިއީ ފިނޑި ސަރުކާރެއްގެ ގޮތުގައި ފައްޔާޒު ވަނީ ސިފަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިއުޒިކް މަނާކޮށްގެން ނުވާނެ ކަމަށްވިދާޅުވެ، މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަޝީދު ވިދާޅުވީ މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން ކަމަށާއި، މިއީ ހުރިހާ ދިވެހިންގެވެސް ރާއްޖެއެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝޯ ކެންސަލް ކުރަން އެންގިއިރު ޓިކެޓުތައް ވިކި، ސޯޝަލް ސެންޓަރުގައި ސްޓޭޖު ހަދައި، ފަހުގެ ތައްޔާރީތައް ދިޔައީ ވަމުންނެވެ. އަދި އޮސްޓްރޭލިއާގެ މި ބޭންޑުގެ މެންބަރުން ސިންގަޕޫރު އެއާލައިންސްގެ ފްލައިޓަކުން ރާއްޖެ އައިސްފައިވާއިރު، އިވެންޓު އިންތިޒާމުކުރި ފަރާތުން ވަނީ ލޮޖިސްޓިކްސްއަށް ބޮޑު ހަރަދެއް ކޮށްފައެވެ.

މި ޝޯގައި ދިވެހި ފަންނާނުންގެ އޯޕެނިން އެކްޓުތަކެއް ބޭއްވުމަށްވެސް ނިންމާފައިވާއިރު، 1970 ގެ އަހަރުތަކުގައި މަޝްހޫރުވި ސްވިޑެންގެ “އެބާ” ބޭންޑުގެ ލަވަތައް ކަވަރުކުރާ “ބިޔޯން އަގެއިން” އަކީ ދުނިޔޭގެ 72 ގައުމެއްގައި 5,300 އަށްވުރެ ގިނަ ޝޯ ދީފައިވާ މަގުބޫލު ބޭންޑެކެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close