ޚަބަރު ދިގު މުއްދަތެއްގެ ޚިދުމަތްތެރިންގެ އަގުވަޒަންކުރުން: މިނިވަން ދުވަހު 66 ބޭފުޅަކަށް ދައުލަތުގެ ޝަރަފުވެރި އިނާމު އަރުވަނީ

ދިގު މުއްދަތެއްގެ ޚިދުމަތްތެރިންގެ އަގުވަޒަންކުރުން: މިނިވަން ދުވަހު 66 ބޭފުޅަކަށް ދައުލަތުގެ ޝަރަފުވެރި އިނާމު އަރުވަނީ

ދިގު މުއްދަތެއްގެ ޚިދުމަތްތެރިންގެ އަގުވަޒަންކުރުން: މިނިވަން ދުވަހު 66 ބޭފުޅަކަށް ދައުލަތުގެ ޝަރަފުވެރި އިނާމު އަރުވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ވަފާތެރިކަމާއެކު ޚިދުމަތްކޮށްދެއްވާފައިވާ 66 ބޭފުޅެއްގެ އަގު ވަޒަންކުރުމުގެ ގޮތުން، މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އެ ބޭފުޅުންނަށް ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މި ޝަރަފުވެރި އިނާމަކީ، ވަޒީފާގެ މުއްދަތުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަން ދައްކަވައި، އެ މުއައްސަސާތަކެއްގެ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ ޚިދުމަތް ޤައުމީ ފެންވަރުގައި ބަލައިގަތުމަށް ދޭ އެންމެ މަތީ ޝަރަފެވެ. މި އިނާމުގެ ގޮތުގައި އެރުވުމަށް ހަމަޖެހިފައިވަނީ ހަނދާނީ ލިޔުމަކާއި، ޝަރަފުގެ ބެޖެއްގެ އިތުރުން ޚާއްޞަ އައްޑަނައެކެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި އިނާމު ލިބިވަޑައިގަންނަވާ މި 66 ބޭފުޅުންނަކީ ދައުލަތަށް 41 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، މީގެ ކުރިން މި އިނާމު ލިބިވަޑައިގެންފައި ނުވާ ބޭފުޅުންނެވެ. މި ބޭފުޅުންގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދަވައި، ކޮމިޓީން އެ މައުލޫމާތުތައް ދިރާސާކޮށް، އިންޓަވިއު ކުރުމަށްފަހު އިނާމަށް ޝަރުތު ހަމަވާކަން ވަނީ ކަށަވަރުކޮށްފައެވެ.

މިއަހަރުގެ މި އިނާމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި ޖޫން 11 ގެ ނިޔަލަށް 130 ފޯމު ހުށަހަޅާފައިވާއިރު، އެ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް އިނާމު އެރުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ ނުވަތަ ކޮށްފައިވާ މުވައްޒަފުންގެ ނަންތައް މި އިނާމަށް ހުށަހެޅުމުގެ ފުރުސަތު އަމިއްލައަށް ނުވަތަ އެހެން ފަރާތްތަކުން ވެސް އޮވެއެވެ.


ޓެގް

ރައީސް އޮފީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.