ޚަބަރު ބަންގްލަދޭޝްއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައީސް ހަމްދަރުދީ ފޮނުއްވައިފި

ބަންގްލަދޭޝްއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައީސް ހަމްދަރުދީ ފޮނުއްވައިފި

ބަންގްލަދޭޝްއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައީސް ހަމްދަރުދީ ފޮނުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަންގްލަދޭޝްއަށް މިހާރު ކުރިމަތިވަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ގައުމުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ލިބެމުންދާ ބޮޑެތި ގެއްލުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އިހުލާސްތެރި ތައުޒިޔާއެއް ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު މިއަދު މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު މުހައްމަދު ތޯރިގް ރަހްމާނަށާއި އެ ގައުމުގެ ރައްޔިތުންނަށް މި ހިތާމަވެރި ދަނޑިވަޅުގައި ސާބިތުކަމާއެކު ހަމްދަރުދީ ފާޅުކުރައްވާފައިވެއެވެ.

މި ގުދުރަތީ ހާދިސާތަކުގައި ފުރާނަ ގެއްލިދިޔަ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކުރައްވަމުން، ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތައް ލިބުނު އެންމެހާ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުން އެދި އެމަނިކުފާނު ވަނީ ހެޔޮ ދުއާ ފޮނުއްވާފައެވެ.

މީގެ އިތުރުން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވީ، ބަންގްލަދޭޝްއަށް ދިމާވެފައިވާ މިފަދަ ނާޒުކު އަދި ދަތި ދަނޑިވަޅެއްގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ އެ ގައުމާ އެކު ސާބިތުކަމާއެކީގައި ކަމުގެ ޔަގީންކަމެވެ.

އަދި މި ހާދިސާގެ އަސަރުކޮށްފައިވާ އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުން، ހާލުގައި ޖެހިފައިވާ އާއިލާތަކަށް ރައްކާތެރިކަމާއި ހިތްވަރު ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 44 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.