ޚަބަރު ވޯލްޑްކަޕް 2026: އިކުއެޑޯރުން ޖަރުމަނު ސިއްސުވާލައި 2-1 އިން މޮޅުވެއްޖެ

ވޯލްޑްކަޕް 2026: އިކުއެޑޯރުން ޖަރުމަނު ސިއްސުވާލައި 2-1 އިން މޮޅުވެއްޖެ

ވޯލްޑްކަޕް 2026: އިކުއެޑޯރުން ޖަރުމަނު ސިއްސުވާލައި 2-1 އިން މޮޅުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިކުއެޑޯރުން ޖަރުމަނު ސިއްސުވާލައި 2-1 އިން މޮޅުވެއްޖެއެވެ. ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އީ ގައި ރޭ ކުޅވުނު މި ފޯރިގަދަ މެޗުން، މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ޖަރުމަނު ބަލިކޮށް އިކުއެޑޯރުން ވަނީ މުޅި ދުނިޔެ ސިއްސުވާލާފައެވެ.

އެމެރިކާގެ ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ޖަރުމަނުގެ ވަރުގަދަ ފޯވާޑް ލެރޯއި ސާނޭ ލަނޑެއް ޖަހައި އެޓީމަށް ކުރިހޯދައިދިނެވެ. ނަމަވެސް، މާޔޫސްވުމެއް ނެތް މޮޅު ކުޅުމެއް ދެއްކި އިކުއެޑޯރުން ވަނީ ހިތްވަރާއެކު ފަހަތުން އަރައި ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 9 ވަނަ މިނެޓުގައި ނިލްސަން އަންގޫލޯ އިކުއެޑޯރަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އެޓީމަށް މިއަހަރުގެ ވޯލްޑްކަޕްގައި ލިބުނު އެންމެ ތާރީޚީ މޮޅު ކަށަވަރުކޮށްދިން ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގޮންޒާލޯ ޕްލާޓާއެވެ.

މެޗުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖަރުމަނުން 61% ޕޮޒެޝަން ހިފަހައްޓައި، ޖުމްލަ 11 ހަމަލާ އިކުއެޑޯރުގެ ގޯލަށް އަމާޒުކުރިއެވެ. ނަމަވެސް އިކުއެޑޯރުގެ ރޭވުންތެރި ޑިފެންސުން ވަނީ ޖަރުމަނުގެ ހުރިހާ ހަމަލާއެއް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އިކުއެޑޯރުން ފޮނުވާލި 8 ހަމަލާގެ ތެރެއިން ގޯލަށް އަމާޒުވި 3 ހަމަލާގެ ތެރެއިން ދެ ބޯޅަ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މި ނަތީޖާއާއެކު ވެސް ގްރޫޕް އީގެ އެއްވަނަ 6 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޖަރުމަނަށް ލިބޭއިރު، ދެވަނައިގައި އޮތް ކޯޓެޑިވުއާރަށް ވެސް ލިބިފައިވަނީ 6 ޕޮއިންޓެވެ. އިކުއެޑޯރު މިހާރު 4 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައި އޮތްއިރު، މި ގްރޫޕުން ޖަރުމަނާއި، ކޯޓެޑިވުއާރް އަދި އިކުއެޑޯރު ވެސް ވަނީ މުބާރާތުގެ ގަދަ 32 ގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ. ގްރޫޕްގެ ފުލަށް ދިޔައީ 1 ޕޮއިންޓާއެކު ކުރަސާއޯއެވެ.

ޓެގް

އިކްއެޑޯ ވޯލްޑް ކަޕް 2026 ޖަރުމަނު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.